ads
ގއ. ކޮލަމާފުށި
2،000 ރުފިޔާ ވަގަށް ނެގުމުން އަހަރަކަށް ޖަލަށް
ފިހާރައެއް ފަޅާލައި، 2،000 ރުފިޔާ އާއި ލެޕްޓޮޕެއް ވަގަށް ނެގި މީހެއްގެ މައްޗަށް އަހަރެއްހާ ދުވަހުގެ ޖަލު ހުކުމެއް ކޮށްފި އެވެ.

މީގެ ހަތަރު އަހަރު ދުވަސް ކުރިން، 2019 ވަނަ އަހަރުގެ ކުރީކޮޅު ހިނގި މި ހާދިސާ އާ ގުޅިގެން ދައުލަތުން ދައުވާކޮށްފައި ވަނީ ގއ. ކޮލަމާފުށީ މީހެއްގެ މައްޗަށެވެ. އެ މީހާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލި އެވެ. އެއީ ވައްކަން ކުރުމުގެ ދައުވާ އާއި އެނގި ހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އެވެ.

މި މައްސަލައިގެ ޝަރީއަތުގައި ދައުވާ ލިބުނު ފަރާތުން ވަނީ ދައުލަތުގެ ތުހުމަތުތަކަށް އިންކާރުކޮށްފަ އެވެ. އެހެންނަމަވެސް، ދައުލަތުން ހުށަހެޅި ހެކީގެ މައްޗަށް ބަލައި މައްސަލަ ސާބިތުވީ އެވެ. މައްސަލަ ސާބިތުވީ މީހާއަކީ ކުރިންވެސް އެފަދަ ކުށް ކޮށްގެން ހުކުމެއް އައިސްފައިވާ މީހެކެވެ.

ކުށް ސާބިތުވުމުން އެ މީހާ އެދުނީ ލުއި އަދަބެއް ދިނުމަށެވެ. އެހެންނަމަވެސް، އޭނާގެ ރިކޯޑަށް ބަލައި ލުއި އަދަބެއް ދެވެން ނެތް ކަމަށް ޝަރީއަތުން ކަނޑައަޅައި، ވައްކަމުގެ މައްސަލައަށް 11 މަހާއި 15 ދުވަހަށް އަދި ހުއްދަ ނޫން ތަނަކަށް ވަނުމުގެ ކުށަށް ތިން މަސް ދުވަހުގެ ޖަލު ހުކުމެއް އިއްވީ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް