
ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ހަމަޖެއްސެވި އަބްދުﷲ ނާޒިރު
ސްޓެލްކޯގެ ޑެޕިއުޓީ އެމްޑީއަކަށް އަބްދުﷲ ނާޒިރު
މުހައްމަދު އަތީފް
30 ނޮވެންބަރ 2023 - 16:20:24
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ނާޒިރު ހަމަޖައްސަވައިފި އެވެ.
މީގެކުރިން ނާޒިރު ހުންނެވީ އެ ކުންފުނީގެ ޖެނެރަލް މެނޭޖަރުކަމުގެ މަގާމުގަ އެވެ.
ސްޓެލްކޯއިން މިއަދު ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމަށް ނާޒިރު ހަމަޖެއްސެވުމާ އެކު، އެ ކުންފުނީގެ ބޯޑާއި އިސްވެރިންގެ އިތުރުން މުވައްޒަފުންގެ ނަމުގައި އެމަނިކުފާނަށް މަރުހަބާ ކިޔާފަ އެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުގައި މިހާރު ހުންނެވީ ހުސައިން ފަހުމީ އެވެ. ފަހުމީއަކީ އެ ކުންފުނީގައި 25 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް