ads
މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ޝަމީމް - ފޮޓޯ:ސީއެންއެމް
ކިންގްސް ކެޕިޓަލްސްގެ މައްޗަށް ދައުވާ ކުރާނީ ވަކިވަކިން، މައްސަލަތައް ބަލާނެ
ކިންގްސް ކެޕިޓަލްސްގެ މައްޗަށް ދައުވާ ކުރާނީ ވަކިވަކިން ކަމަށާއި ކަމާ ގުޅުންހުރި އިތުރު މައްސަލަތައް ބަލަމުން އަންނަ ކަމަށް ޕީޖީ ވިދާޅުވެއްޖެ އެވެ.

ޕޮންޒީ ސްކީމާ ގުޅިގެން އަލްހާން ފަހުމީއާ، އަދި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހުން މިހާރުވަނީ ކްރިމިނަލް ކޯޓަށް ފޮނުވާފައެވެ. 

ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ގާނޫނާ ހިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، ގިނަ ބައެއްގެ އަތުން ފައިސާ އަތުލި މައްސަލާގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮގެ މައްޗަށް ގިނަ ދައުވާތަކެއް ކުރަން ދައުލަތުން ކްރިމިނަލް ކޯޓަށް ފޮނުވީ މިހިނގާ ހަފްތާގައެވެ. 

ޕީޖީ އޮފީހުން ބުނީ އެ މައްސަލާގައި ކްރިމިނަލް ކޯޓުގައި ދައުވާކުރީ އަލްހާންގެ އިތުރުން އޭނާގެ ކޮއްކޮ ޝަހުބާން ފަހުމީ އާއި ޝަޒްބާން ފަހުމީގެ މައްޗަށް ކަމަށެވެ. 

އެއިން ކޮންމެ މީހެއްގެ މައްޗަށް ޓެކުމުގެ 13 ދައުވާއެއް ކުރަން ފޮނުވާފައިވެއެވެ. ޕީޖީ އޮފީހުން ބުނިގޮތުގައި އެ މައްސަލާގެ އިތުރު ބައިތަކެއް ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އެ މައްސަލާގައި ކިންގްސް ކުންފުނީގެ އެކައުންޓްތައް ވެސް ބޭންކުން ފްރީޒްކުރި އެވެ. ނަމަވެސް އެ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ އަހަރު ނިންމީ އެ ކުންފުނީގެ އެކައުންޓްތައް ހިފެހެއްޓީ ގާނޫނާ ހިލާފަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް