ads
ހަސަން މަހްމޫދު (މަންޑޭ)
މަންޑޭއާ ދެކޮޅަށް 200 އަށްވުރެ ގިނަ ދައުވާ ކުރަނީ
ކޭޕާކް ރެސިޑެންސް މައްސަލައިގައި މިހާތަނަށް ލިބިފައި ހުރި މައްސަލަތަކުން 225 ދައުވާ ހަސަން މަމްދޫހުގެ މައްޗަށް އުފުލަން ނިންމާފައިވާ ކަމަށް ޕީޖީ ވިދާޅުވެއްޖެ އެވެ.
Advertisement

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓުތައް އޮޅުވާލައިގެން ވިއްކައި އޭގެއިން ހޯދި ފައިސާއިން އެ ކުންފުނީގެ ހިއްސާދާރު މަންޑޭ ގަތް ކަމަށް ތުހުމަތު ކުރެވޭ މުދާ ހިފެހެއްޓި މައްސަލަ ހައިކޯޓުގައި އޮއްވާ، ޕީޖީ މިއަދު ވިދާޅުވީ ކޭޕާކް ރެސިޑެންސް މައްސަލައިގައި މިހާތަނަށް ލިބިފައި ހުރި މައްސަލަތަކުން 225 ދައުވާ ހަސަން މަމްދޫހުގެ މައްޗަށް އުފުލަން ނިންމާފައިވާ ކަމަށެވެ.

މަންޑޭގެ މުދާ ހިފެހެއްޓީ ހުޅުމާލޭ ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ. ހުޅުމާލޭ ކޯޓުން ނެރެފައިވާ އަމުރުގައިވަނީ މަންޑޭ އާއި އޭނާގެ އަންބެއްގެ މައްޗަށް ކަމަށްވަނީ މައުލޫމާތު ލިބިފައެވެ.

ޕީޖީ ހުސެއިން ޝަމީމް ބޭއްވި ނިއުސް ކޮންފަރެންސެއްގައި ވަނީ، ހުޅުމާލޭގައި ހަދަމުން އަންނަ ކޭ ޕާކް ރެސިޑެންސްގެ ފްލެޓްތައް އޮޅުވާލައިގެން ވިއްކައި އޭގެއިން ހޯދި ފައިސާއިން މަންޑޭ ގަތް ކަމަށް ތުހުމަތުވާ އަގުބޮޑު މުދާތަކުގެ ބައެއް ތަފްސީލްތައް އާއްމުކޮށްފަ އެވެ.

ޝަމީމް ވިދާޅުވީ، މަންޑޭ ދިރިއުޅެމުން ދިޔަ އެ އެޕާޓްމެންޓުގެ އަގު އެކަނި ވެސް އަށް މިލިއަނަށް އަރާ ކަމަށެވެ. އަދި އެޕާޓްމެންޓުން ހިފެހެއްޓި މުދަލުގެ އަގު ހަތް މިލިއަނަށް އަރާ ކަމަށް އޭނާ ވިދާޅުވި އެވެ. އޭގެ ތެރޭގައި އެތައް ހާސް ޑޮލަރެއްގެ އަގުހުރި ގަހަނާ އާއި ބްރޭންޑެޑް އަތްދަބަހާއި 200 އަށް ވުރެ ގިނަ ސެންޓުފުޅި ހުރި ކަމަށް ޕީޖީ ވިދާޅުވި އެވެ. މި ސެންޓު ފުޅިތައް ހުރީ ނުކަނޑާ ކަމަށް ވެސް ޕީޖީ އޮފީހުން ބުންޏެވެ.

ފޭކު ޑޮކިއުމެންޓުތައް ބޭންކަށް ދީގެން ހުޅުވާފައިވާ އެކައުންޓަކަށް، އެޕާޓްމެންޓު ވިއްކުމުގެ ނަމުގައި ޖަމާކުރި ފައިސާއިން ގަނެފައިވާ މަންޑޭގެ ޕެންޓް ހައުސެއް ވެސް ވަނީ ފުލުހުންގެ ތަހުގީގަށް ހިފަހައްޓައިފަ އެވެ.

މަންޑޭގެ މުދާ ހިފެހެއްޓީ މައްސަލަ އޭނާވަނީ މި ހަފްތާގައި ހައިކޯޓަށް ހުށަހަޅާފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް