ads
ޒަކާތް ދައްކަނީ: ޒަކާތު ފަންޑުން ޖަލުތަކުގައި ދީނީ ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ވަނީ ބުނެފައި - ފޮޓޯ:އިސްލާމިކް މިނިސްޓްރީ
ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ހާލަތު ދެނެގަންނަ ފޯމް ހުށަހަޅަން އަންގައިފި
ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކުގެ ހާލަތު ދެނެގަންނަ ފޯމް ހުށައެޅުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އަންގަވައިފި އެވެ.

އެ މިނިސްޓްރީން މި ފޯމު ހުށަހެޅުމަށް އަންގާފައި ވަނީ 2021 ވަނަ އަހަރުން 2023 ވަނަ އަހަރަށް ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މި ފޯމް ބަލައިގަންނަން ފަށާނީ ޑިސެމްބަރ މަހުގެ 3ވަނަ ދުވަހުން ފެށިގެން ޑިސެމްބަރ 25 ވަނަ ދުވަހުގެ މެންދުރު 12:00ގެ ނިޔަލަށް ކަމަށެވެ.

ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު ތިންވަނަ ދުވަހުން ފެށިގެން ރަސްމީ ދުވަސްތަކުގައި ހެނދުނު 9:15 އިން 11:45 އަށެވެ.

ދަފްތަރުގައި ހިމެނޭ މީހުންގެ ތެރެއިން ހާލަތު ދެނެގަންނަ ފޯމު ކޮންމެހެން ހުށަހަޅަންޖެހޭ ފަރާތްތަކުގެ ތެރޭގައި ދަފްތަރުގައި ހިމަނާފައި ވަނިކޮށް ރަޖިސްޓްރީވެފައިވާ ރަށް ނޫން އެހެން ރަށަކަށް ދިރިއުޅުން ބަދަލުކޮށްފައިވާ މީހުންނާއި، ކައިވެނީގެ ހާލަތަށް ބަދަލު އައިސްފައިވާ މީހުންނާއި، ވަޒީފާ ލިބި ދިިރިއުޅުމުގެ ހާލަތު ބަދަލުވެފައިވާ މީހުން ހިމެނެ އެވެ. 

އަދި ދަފްތަރުގައި ހިމަނާފައި ވަނިކޮށް 18 އަހަރު ފުރިފައިވާ ފިރިހެނުންނާއި 65 އަހަރު ފުރިފައިވާ މީހުންނާއި އަންނަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް 18 އަހަރު ފުރޭ ފިރިހެނުން ނުވަތަ 65 އަހަރު ފުރޭ މީހުންނާއި އާއިލާތައްވެސް ހާލަތު ދެނެގަންނަ ފޯމު ހުށަހަޅަން މިނިސްޓްރީން ވަނީ އަންގާފަ އެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ އަންނަ މަހުގެ 25ގެ ކުރިން ފޯމް ހުށައަޅާފައިނުވާ ފަރާތްތައް ދަފްތަރުން އުނިކުރައްވާނެކަމަށެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެކުލަވާލައްވާފައިވާ ފަޤީރުންގެ ލިސްޓުގައި 8000އަށް ވުރެ ގިނަ ފަގީރުންނާއި މިސްކީނުން އެބަތިއްބެވެ. 

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް