ads
ހެލްތު މިނިސްޓްރީ ހިންގަމުން އަންނަ އިމާރާތް: ހެލްތު މިނިސްޓްރީގެ ފަންނީ މުވައްޒަފުން މަސައްކަތުގައި ހޭދަކުރަން ޖެހޭ ވަގުތު ވަނީ އިތުރުކޮށްފައި - ފޮޓޯ:މިހާރު
މުސާރަ ބޮޑުކުރުމުން ފަންނީ މުވައްޒަފުންގެ މަސައްކަތު ވަގުތު އިތުރުކޮށްފި
ހެލްތު މިނިސްޓްރީގެ ފަންނީ މުވައްޒަފުން މަސައްކަތުގައި ހޭދަކުރަން ޖެހޭ ވަގުތު އިތުރުކޮށްފި އެވެ.

ހެލްތު މިނިސްޓްރީން ބުދަ ދުވަހު ނެރުނު އިންޓާނަލް މެމޯއެއްގައި ބުނެފައި ވަނީ އާ "ޕޭ ފްރޭމްވޯކް" އަށް ބަދަލުވެފައިވާ ހުރިހާ މުވައްޒަފުން މި ފެށޭ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން މަސައްކަތް ކުރާނީ ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އަށް ކަމަށެވެ.

އެހެންނަމަވެސް، ސަރުކާރުގެ ރަސްމީ މަސައްކަތު ވަގުތު ކަމަށްވާ ހެނދުނު 8:00 އިން ފެށިގެން މެންދުރުފަހު 2:00 އަށް އެއްވެސް ބަދަލެއް އައިސްފައެއް ނުވެ އެވެ.

މި އަހަރުގެ މެއި މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަ ސަރުކާރުން ބޮޑުކޮށްފައިވާއިރު އެ މުވައްޒަފުންގެ ތެރޭގައި ހެލްތު މިނިސްޓްރީގައި މަސައްކަތްކުރާ ފަންނީ މުވައްޒަފުންވެސް ހިމެނެ އެވެ.

މައުލޫމާތު ލިބޭ ގޮތުން މިނިސްޓްރީން މި ނިންމުން ނިންމާފައި ވަނީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ މަޝްވަރާ ނުކޮށް ކަމަށާއި މި ނިންމުން އެ މިނިސްޓްރީއަށް ނުނިންމޭނެ ކަމަށް ވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
17%
ވަރަށް ސަލާމް
ކޮމެންޓްސް