ads
ޓީސީ - ސަސް މެޗުގެ ތެރެއިން
ޓީސީ ކޮޅަށް ފަސް ލަނޑު ޖަހައި ސަސް ތިންވަނައަށް
ދިވެހި ޕްރިމިއާ ލީގުގައި ޓީސީ ސްޕޯޓްސް ކްލަބް ކޮޅަށް ފަސް ލަނޑު ޖަހައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އިން ލީގުގެ ތިން ވަނަ ޔަގީންކޮށްފި އެވެ.

ޓީސީއާ ސަސް މިއަދު ކުޅުނު މެޗުން ސަސް މޮޅުވީ ފަސް ލަނޑު ސުން ލަނޑުންނެވެ. ސަސް އިން މި ދިޔަ ސީޒަނުގައި ރެލިގޭޝަން ކުޅެގެން ފުރަތަމަ ޑިވިޝަނުގެ ޖާގަ ދެމެހެއްޓިއިރު، މި ސީޒަނުގައި އެ ޓީމުން ތިނެއްގެ ތެރޭގައި ނިންމާލީ ހުސް ދިވެހި ކުޅުންތެރިންނާ އެކު އެވެ.

ލީގުގެ ދެ ބުރު ކުޅުމަށް ފަހު ނިންމާލާ ގޮތަށް އެފްއޭއެމް އިން ކަނޑައަޅާފައިވާއިރު، މި ވަގުތު އެއް ވަނައިގައި އޮތީ 13 މެޗުން 35 ޕޮއިންޓާ އެކު، އީގަލްސް އެވެ. 

ދެ ވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަށް ވަނީ 11 މެޗުން 31 ޕޮއިންޓް ލިބިފަ އެވެ. ސަސް އަށް 14 މެޗުން ވަނީ 30 ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް ޓީސީ އަށް 13 މެޗުން ވަނީ 22 ޕޮއިންޓް ލިބިފަ އެވެ. ޓީސީ އަށް ދެން ބާކީ އޮތީ މާޒިޔާއާ ކުޅެން ޖެހޭ މެޗެވެ.

ލީގުގެ މާދަމާރޭ ބުރު ސްޕޯޓްސް ކްލަބް ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް