ads
ހައިކޯޓުގެ ޝަރީއަތުގައި ޔާމީން
ޔާމީން މައްސަލައިގެ ހުކުމް ނުކޮށް ހައިކޯޓު ރިސެސްއަށް
ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގެ އަޑު އެހުންތައް ނިމި، ހުކުމް ކުރުމާ ގާތްވެފައިވަނިކޮށް، ހައިކޯޓު ރިސެސްއަށް ހިނގައްޖެއެވެ.

ހައިކޯޓުގެ ވެބްސައިޓުގައިވާ ގޮތުން، ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޑިސެމްބަރު މަހުގެ ނިޔަލަށް އެ ކޯޓު އޮންނާނީ ރިސެސްގައެވެ. 

ކޯޓު ރިސެސްގައި އޮތް ނަމަވެސް، ގާނޫނުގައި ވަކި މުއްދަތެއްގެ ތެރޭގައި ނިންމަން ކަނޑައަޅާފައިވާ މައްސަލަތަކާ، އަވަސް ތަބީއަތުގެ މައްސަލަތަކުގެ އިތުރުން، ހުކުމް ކުރުމަށް ބާއްވާ ބޭއްވުންތައް އޮންނާނެއެވެ. އެހެންކަމުން ރައީސް ޔާމީންގެ މައްސަލައިގެ އަޑު އެހުންތައް މިހާރު ނިމިފައިވުމުން، ރިސެސް މުއްދަތުގެ ތެރޭގައިވެސް ހުކުމް ކުރުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް އެ މައްސަލައިގެ ހުކުމް ކުރާނެ ވަކި ދުވަހެއް ހައިކޯޓުން އަދި ހާމަކޮށްފައެއް ނުވެއެވެ.

ޑިސެމްބަރު މަހު ސުޕްރީމް ކޯޓުވެސް އޮންނާނީ ރިސެސްގައެވެ. 

ސުޕްރީމް ކޯޓުން ބުނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގައި މާއްދާގައިވާ ގޮތުގެމަތިން، ނޮވެންބަރު މަހުގެ އެންމެ ފަހު ރަސްމީ މަސައްކަތު ދުވަހުން ފެށިގެން، 2024 ޖަނަވަރީ މަހުގެ އެންމެ ފުރަތަމަ ރަސްމީ މަސައްކަތު ދުވަހާ ހަމައަށް ސުޕްރީމް ކޯޓު އޮންނާނީ ރިސެސްގައި ކަމަށެވެ. 

ކޯޓުތަކުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ (ނ) އާއި (ރ)ގައި ބަޔާންކޮށްފައިވާ ހާލަތުގެ އިތުރަށް، ގާނޫނުއަސާސީ ނުވަތަ ގާނޫނެއްގެ ދަށުން ވަކި ކަމެއް ވަކި މުއްދަތެއްގެ ތެރޭގައި ނިންމަންޖެހޭކަމަށް ބަޔާންކޮށްފައިވާ ހާލަތްތައް ފިޔަވައި، ރިސެސްގެ މުއްދަތުގައި ސުޕްރީމް ކޯޓުގެ ޝަރީޢަތުގެ އެއްވެސް އަޑުއެހުމެއް ނޯންނާނެ ކަމަށް އެ ކޯޓުން ބުންޏެވެ. 

ސުޕްރީމް ކޯޓުގެ ރިސެސްގެ މުއްދަތުގައި މައްސަލަތަކުގެ ޝަރީޢަތުގެ އަޑުއެހުން ނުބޭއްވި ކަމުގައިވީ ނަމަވެސް، ކޯޓަށް މައްސަލަތައް ބަލައިގަތުމާއި، އެނޫންވެސް އިދާރީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރިއަށްދާނެ ކަމަށްވެސް ސުޕްރީމް ކޯޓުން ބުންޏެވެ.  

25%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް