ލިވަޕޫލް ދެވަނަ ބުރަށް ދިޔައީ، އަމިއްލަ ދަނޑުގައި އޮސްޓްރިއާގެ ލާސްކް އަތުން 4-0 އިން މޮޅުވެގެންނެވެ. މި ނަތީޖާއާއެކު ދެވަނަ ބުރަށް ލިވަޕޫލް ދިޔައީ، ފަސް މެޗުން 12 ޕޮއިންޓް ހޯދައިގެންނެވެ.
ދެ ވަނައިގައި އޮތް ޓުލޫސް ރޭ ކުޅުނު މެޗުން ސެއިންޓް ގިލޮއިސްއާ ލަނޑެއް ނުޖެހި ވަނީ އެއްވަރުވެފަ އެވެ. ޓުލޫސް އަށް ފަސް މެޗުން ވަނީ އަށް ޕޮއިންޓް ލިބިފަ އެވެ. ސެއިންޓް ގިލޮއިސް އަށް ފަސް މެޗުން ލިބުނީ ފަސް ޕޮއިންޓެވެ. ފުލުގައި އޮތް ލާސްކަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ.
އަމިއްލަ ދަނޑުގައި ލިވަޕޫލުން ރޭ ކުޅުނު މެޗުގައި ސަލާހުވަނީ އޭނާގެ 199 ވަނަ ލިވަޕޫލަށް ޖަހައިދީފައެވެ.