ads
ޓްރީޓޮޕް ހޮސްޕިޓަލުން އިތުރު އެމްއާރުއައި މެޝިނެއްގެ ހިދުމަތް ވަނީ ފަށާފައި - ފޮޓޯ:ޓީޓީއެޗް
ޓްރީޓޮޕް ހޮސްޕިޓަލުން އިތުރު އެމްއާރުއައި މެޝިނެއްގެ ހިދުމަތް ފަށައިފި
ޓްރީޓޮޕް ހޮސްޕިޓަލް (ޓީޓީއެޗް) އިން ހިދުމަތް ހޯދާ ފަރާތްތަކަށް އެމްއާރުއައި ސްކޭން ހެދުމުގައި ފަސޭހަކޮށްދިނުމުގެ ގޮތުން އެންމެފަހުގެ އަޑުމަޑު، އާ އެމްއާރުއައި މެޝިނެއްގެ ހިދުމަތް އެ ހޮސްޕިޓަލުން ފަށައިފި އެވެ.
Advertisement

ޓީޓީއެޗުން ބުނީ އަލަށް ގެނައި އެމްއާރުއައި މެޝިނަކީ ސްކޭންކުރަން އޮންނައިރު ހިތްހަމަޖެހޭ ފަދަ އަޑުތައް އަހައި، އެމްއާރުއައި ހަދާއިރު ހާސްވުން ކުޑަކޮށްދީ ހިތްފަސޭހަކޮށްދިނުމަށް ތަފާތު ރީތި މަންޒަރުތައް ބަލާލެވޭ ފަދަ އެންމެފަހުގެ ޓެކްނޮލޮޖީ ހިމެނޭ މެޝިނެއް ކަމަށެވެ.

ޓީޓީއެޗްގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) އާދިލް މޫސާ ވިދާޅުވީ މި އާ މެޝިނާ އެކު އެމްއާރުއައި ހަދަން ކިޔުގައި މަޑުކުރަން ޖެހޭ ޖެހުން ކުޑަކޮށް، ވީހާވެސް އަވަހަށް ހިތްހަމަޖެހޭފަދަ ހިދުމަތެއް ބަލި މީހުންނަށް ފޯރުކޮށްދިނުމަކީ އެންމެ މުހިންމު ބޭނުން ކަމަށެވެ. އާ އެމްއާރުއައި މެޝިނުގެ އިމޭޖު ކޮލެޓީ ރަނގަޅުވުމުން ޕޭޝަންޓުގެ ކޮންޑިޝަން އާއި ޑޮކްޓަރުން ކުރައްވާ ޑައިގްނޯސްގައި އިތުރު ކޮންފިޑެންސެއް ލިބޭނެކަން އާދިލް ފާހަގަކުރެއްވި އެވެ.

ޓީޓީއެޗުން ބުނެފައި ވަނީ އާ އެމްއާރުއައި މެޝިނުގެ ސަބަބުން ކާޑިއެކް އިމޭޖިން އާއި ނިއުރޮލޮޖީ އިމޭޖިން ފަދަ މަތީ ފެންވަރުގެ އިމޭޖިންތަކުގެ އެހީގައި ބަލިތައް ދެނެގަތުމަށް މަގުފަހިކޮށްދޭ ހިދުމަތްތަކުގެ ފުރުސަތުތައް އިތުރުވެފައިވާ ކަމަށެވެ.

އާ މެޝިނާ އެކު ފޯރުކޮށްދޭ ހިދުމަތްތަކުގެ ތެރޭގައި:

  • އެމްއާރުއައި ކާޑިއެކް
  • އެމްއާރުއައި ޓްރެކްޓޯގްރަފީ
  • އެމްއާރުއައި ފަންކްޝަނަލް
  • އެމްއާރުއައި ޕެރިފެރަލް އެންޖިއޯގްރާމް
  • އެމްއާރުއައި ލިވަ އަޔަން ކޮންޓިފިކޭޝަން
  • އެމްއާރުއައި ފީޓަލް
  • އެމްއާރުއައި ޑީފެކޯގްރާމް
  • އެމްއާރުއައި އޯޓޯގްރާމް
  • އެމްއާރުއައި ކާޓިލޭޖް މެޕިން
  • އެމްއާރުއައި ހޯލްބޮޑީ

ޓީޓީއެޗުން ބުނި ގޮތުގައި ވޯލް ޕްރޮޖެކްޝަންތަކާއި ރީތި އެންބިއަންޓް ތީމްތަކުން ކުލަގަދަ އެންބިއަންޓް ވިޝުއަލް އަދި ސައުންޑް އެކްސްޕީރިއެންސްތައް ބޭނުންކޮށްގެން ބަލިމީހުންނަށް ފަރުވާ ދިނުމަކީ ކްލަސްޓްރޯފޯބިއާ މަދުކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމުގަ އެވެ.

ޓްރީޓޮޕް ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ހިދުމަތް ކޮންމެ ދުވަހަކު ހެނދުނު 8:00 އިން ފެށިގެން ރޭގަނޑު 10:00 އަށް ލިބޭނެ އެވެ. އިތުރު މައުލޫމާތު ހޯދުމަށް 3351610 ގުޅުމަށް ނުވަތަ [email protected] އަށް އީމެއިލް ކުރުމަށް އެ ހޮސްޕިޓަލުން އެދެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް