ads
މި އަހަރުގެ އޭޑްސް ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ
ރާއްޖޭގައި އެއިޑްސް ބައްޔަށް ފަރުވާ ހޯދާ 22 މީހުން؛ ގިނައީ ފިރިހެނުން
ރާއްޖޭގައި މިވަގުތު އެއިޑްސް ބައްޔަށް ފަރުވާ ހޯދަމުންދާ 22 މީހުން އެބަތިބިކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ހާމަކޮށްފި އެވެ.

ދުނިޔޭގެ އެއިޑްސް ދުވަހާ ގުޅިގެން ރާއްޖޭގެ އެޗްއައިވީގެ ހާލަތު ބަޔާންކޮށް އެޗްޕީއޭ އިން އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ނިޔަލަށް ރާއްޖޭން އެބަލި ޖެހުނު 40 މީހަކު ވަނީ ފެނިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ ހަ އަންހެނުންނާއި 34 ފިރިހެނުންނެވެ.

އޭގެ ތެރެއިން 15 މީހުން މިހާރު ދުނިޔެ ދޫކޮށްފައިވާއިރު މި ވަގުތު 22 މީހުން ބައްޔަށް ފަރުވާހޯދަމުންދާ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ނަމަވެސް ބާކީ ތިން މީހުންނަށް ވީ ގޮތެއް ރިޕޯޓުގައި ބުނެފައެއް ނެތެވެ.

ހެލްތު މިނިސްޓްރީ އިން ބުނީ އެއިޑްސް ދުވަހާ ގުޅިގެން މާލެ އާއި ރާއްޖޭގެ ރަށްރަށުގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތަކާއި މައުލޫމާތު ސެޝަންތައް ކުރިއަށް ގެންދާނެ ކަމަށެވެ.

އެޗްއައިވީ އަށް ދެވޭ ފަރުވާއަކީ އެންޓިރެޓްރޯ ވައިރަލް ޓްރީމަންޓެކެވެ. ކުރިން، 2004 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް އަންނަނީ މިފަރުވާ ދެމުންނެވެ. މިއީ މުޅިން ހިލޭ ފޯރުކޮށްދޭ ފަރުވާއެކެވެ. އަދި އެޗްއައިވީ އިން ރައްކާތެރިވުމުގެ ގޮތުން ދެވޭ ފަރުވާއެއް ކަމަށްވާ "ޕްރީ އެކްސްޕޯޝާ ޕްރޮފިލެކްސިސް އޯއާރް" ވެސް ރާއްޖެގައި ލިބެން ހުރެ އެވެ.

މި އަހަރުގެ އޭޑްސް ދުވަހުގެ ޝިއާރުގެ ގޮތުގައި ކަނޑައަޅާފައިވަނީ "ލެޓް ކޮމިއުނިޓީސް ލީޑް" މި ޝިއާރެވެ.

އޭޑްސް އަކީ އެޗްއައިވީ ވައިރަސްގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ. ރާއްޖޭގައި އެޗްއައިވީ އެންމެ ފުރަތަމަ ފެނިފައިވަނީ 1991 ވަނަ އަހަރެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް