ads
ރައީސް ޑރ. މުއިއްޒު ލަންކާގެ ރައީސް ރަނިލް އާއި ބައްދަލުކުރައްވަނީ
ކޮޕް28ގެ ހަވާސާގައި، ރައީސް ލަންކާގެ ރައީސް ރަނިލް އާއި ބައްދަލުކުރައްވައިފި
ރައީސް ޑރ. މުހައްމަދު މުއިއްޒު، 28 ވަނަ ކޮންފަރެންސް އޮފް ދަ ޕާޓީސް ޓު ދަ ޔުނައިޓެޑް ނޭޝަންސް ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ކޮޕް28) ގެ ހަވާސާގައި، ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާ ބައްދަލުކުރައްވައިފި އެވެ.
Advertisement


މިއަދު މެންދުރުފަހު ޔުނައިޓެޑް އަރަބް އެމިރޭޓްސްގައި އޮތް މި ބައްދަލުކުރެއްވުމުގައި، ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރި ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން ރައީސް މުއިއްޒު އާއި ސްރީލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ މަޝްވަރާކުރެއްވިއެވެ. މިގޮތުން، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި މިހާރަށްވުރެ އިތުރަށް ގުޅުން ބަދަހި ކުރުމާއި، ފަތުރުވެރިކަމުގެ ދާއިރާއިންނާއި، ތައުލީމީ ދާއިރާއިންނާއި އަދި މީގެ އިތުރުންވެސް ދެ ގައުމަށް ފައިދާހުރި ތަފާތު ދާއިރާތަކުން ދެ ޤައުމުގެ ގުޅުން ވަރުގަދަ ކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން ހިޔާލު ބަދަލުކޮށްލެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ރައީސުން ވަނީ، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދިވެހިރާއްޖެއާއި ސްރީލަންކާއިން ގެންގުޅޭ ސިޔާސަތުތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ.

މިސަމިޓުގައި ރައީސްގެ އަރިހުގައި މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ތޯރިގް އިބްރާހިމް ދާހިލީ ވަޒީރު މޫސާ ޒަމީރު ބައިވެރިވެވަޑައިގަންނަވަ އެވެ.

ކޮޕް28 ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބޭ އަގުހުރި ފުރުސަތަކަށެވެ. ކޮޕް28 ބާއްވަނީ އެކުވެރި އަރަބި އިމާރާތު (ޔޫއޭއީ)ގެ ދުބާއީގައި 30 ނޮވެމްބަރު 2023 އިން 12 ޑިސެންބަރު 2023 އާ ހަމައަށެވެ.

ކޮޕް28 ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްގީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މައުލޫމާތު ބައިނަލްއަގުވާމީ މައިދާނުގައި ހިއްސާކުރުމަށާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ލިބޭ ގެއްލުންތައް ކުޑަކުރުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ލިބޭ އަގުހުރި ފުރުސަތަކަށްކަމަށް ސަރުކާރުން ވިދާޅުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް