ރައީސް ނަޝީދު، ސީވީއެފްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް
އަލީ މިދުހަތު
01 ޑިސެމްބަރ 2023 - 23:42:37
ކްލައިމެޓް ވަލްނެރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް ދިވެހިރާއްޖޭގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޔަނުކޮށްފި އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ސީވީއެފްގެ ރައީސް، ބާބޭޑޯސްގެ ބޮޑުވަޒީރު މިއާ އަމޯރް މޮޓްލޭއާއެކު ކުރިއަށް އޮތް ތަނުގައި މަސައްކަތް ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށެވެ.
އެއާއެކު އެ މަނިކުފާނު ވަނީ އެ މަގާމަށް އައްޔަނުކުރެއްވީތީ ޝުކުރު އަދާކުރައްވާފައެވެ.
ސީވީއެފްއަކީ ރައީސް ނަޝީދު އަދި ދިވެހިރާއްޖެއިން އިސްވެ 2009 ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ އެންމެ ފުރަތަމަ ބައްދަލުވުން ބޭއްވީ ނޮވެމްބަރު، 2009، ގައި ރާއްޖޭގަ އެވެ. އެއިރު ޖަމިއްޔާގެ މެމްބަރު ގައުމުތަކުގެ އަދަދަކީ 10 އެވެ.
ސީވީއެފްގައި މިހާރު 58 މެމްބަރު ގައުމު ހިމެނޭއިރު އޭގެ ތެރޭގައި އޭޝިޔާ، އެފްރިކާ، ކެރީބިއަން، ލެޓިފް އެމެރިކާ އަދި ޕެސިފިކް ސަރަހައްދުގެ ގައުމުތައް ހިމެނެ އެވެ.
67%
ކަމުގޮސްފި
13%
އަޑުއެހިތާ މިހުރީ
13%
ސަތޭކައަކުން ސުމެއް
7%
ވަރަށް ސަލާމް
ކޮމެންޓްސް