ޓޫރިޒަމް ދާއިރާއިން ދެވޭ އެންމެ މަގުބޫލު އެވޯޑު ދިނުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ރޭ ދުބާއީގެ ބުރުޖު އަލް އެރެބް ހޮޓަލުގަ އެވެ.
ވޯލްޑް ޓްރެވަލް އެވޯޑްސްއިން ހޮވާ ޓޫރިޒަމްގެ އެންމެ މަގުބޫލު ޝަހުސިއްސަތަކަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ހޮވިވަޑައިގެންފަ އެވެ.
މި އަހަރު ބޭއްވި 30 ވަނަ ޓެރަވަލް އެވޯޑުގައި ދުނިޔޭގެ ކެޓަގަރީން ރާއްޖެއަށް ވަނީ 11 އެވޯޑެއް ލިބިފަ އެވެ. އެ އެވޯޑުތަކުގެ އިތުރުން ރާއްޖޭން ވަނީ އިންޑިއާ ކަނޑުގެ ސަރަހައްދުން ގިނަ އެވޯޑުތަކެއް ހާސިލުކޮށްފަ އެވެ.
ޓޫރިޒަމްގެ އެންމެ މަގުބޫލު ޝަހުސިއްޔަތުގެ އެވޯޑާ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ހަވާލުވެވަޑައިގަންނަވަނީ - ފޮޓޯ:ޑަބްލިޔުޓީއޭ
މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އަށް ވަނީ ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިޒަމް ބޯޑުގެ މަގާމު ލިބިފަ އެވެ. އޭގެ އިތުރުން ސްޕެޝަލް އެޗީވްމެންޓް އެވޯޑު އެމްއެމްޕީއާރުސީގެ ކުރީގެ ސީއީއޯ ތޮއްޔިބު މުހައްމަދަށް ވަނީ ލިބިވަޑައިގެންފަ އެވެ.
ދުނިޔޭގެ ކެޓަގަރީން ރާއްޖެއަށް ލިބުނު އެވޯޑުތައް:
ދުނިޔޭގެ ދަތުރުފަތުރުގެ ސިނާއަތުގެ އެންމެ ޝަރަފުވެރި އެވޯޑުތަކެއްގެ ގޮތުގައި މަޝްހޫރުވެފައިވާ މި އެވޯޑުތައް ދޭން ފަށާފައި ވަނީ 1993 އަހަރެވެ. މި އެވޯޑުތައް ދެމުން އަންނަނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް، އާންމުކޮށް ހުޅުވާލައިގެން ނެގޭ ވޯޓަކުންނެވެ.