އެހެން ގިނަ ކްލަބުތަކެކޭ އެއް ގޮތަށް، އުނދަގޫ ހާލަތެއްގައި އޮތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އިން ލީގުގައި އެޓީމުގެ ފަހު މެޗުގައި ބުރުގެ މައްޗަށް ކުރި ހޯދީ، ހަތަރު ލަނޑު ތިން ލަނޑުންނެވެ.
މި ނަތީޖާއާ އެކު ޔޫވީ ނިންމާލީ 12 ޕޮއިންޓާ އެކު ލީގުގެ ހަވަނައިގަ އެވެ. ބުރު ސްޕޯޓްސް ކްލަބަށް އެއް މެޗު ބާކީ އޮތްއިރު އެޓީމު އޮތީ 18 ޕޮއިންޓާ އެކު ފަސްވަނައިގަ އެވެ.
އެޓީމަށް ބާކީ އޮތީ އަންގާރަ ދުވަހުގެ ރޭ މާޒިޔާ ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އެ މެޗުން ކޮންމެ ނަތީޖާއެއް ނުކުތަސް ބުރުގެ މަގާމަށް ބަދަލެއް ނާންނާނެ އެވެ. ދިވެހި ލީގުގެ ފަހު ބުރު ނުކުޅެން އެފްއޭއެމުން ނިންމާފައިވާތީ، ޔޫވީއަށް ސީޒަން ނިމުނީއެވެ.