ޔޫރޯ މުބާރާތް އޮންނާނީ، ތިން ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނުގައެވެ. މުބާރާތުގެ އޯޕެނިން މެޗު އޮންނާޏީ ޖޫން މަހުގެ 14 ވަނަ ދުވަހު މިއުނިކްގެ އެލިއަންޒް އެރީނާގައެވެ. ބާލިންގައި ޔޫރޯ 2024 ގެ ފައިނަލް ކުޅޭނީ އަންނަ ޖުލައި މަހުގެ 14 ވަނަ ދުވަހު އެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ އިޓަލީއެވެ. އިޓަލީ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިގިރޭސިން ބަލިކޮށްގެންނެވެ.
ޔޫރޯ 2024 އަށް ކޮލިފައިވެފައި ވަނީ ކޮން ބައެއް ހެއްޔެވެ؟
ފްރާންސް
އިނގިރޭސިވިލާތް
ބެލްޖިއަމް
ނެދަލެންޑްސް
ޕޯޗުގަލް
ސްޕެއިން
އިޓަލީ
ކްރޮއޭޝިއާ
ޖަރުމަން
ސްވިޒަލޭންޑް
ޑެންމާކް
އޮސްޓްރިއާ
ހަންގޭރީ
ސާބިއާ
ސްކޮޓްލޭންޑް
ތުރުކީ
ޗެކް ރިޕަބްލިކް
ރޫމޭނިއާ
ސްލޮވާކިއާ
ސްލޮވޭނިއާ
އަލްބޭނިއާ
މި 21 ގައުމުން މިހާރު ޔޫރޯއިން ޖާގަ ކަށަވަރުކޮށްފައިވާއިރު، ބާކީ އިން ތިން ޖާގައަށް 12 ގައުމަކުން ވާދަކުރެއެވެ.