ads
އާދަމް އާޒިމް މާލެ ސިޓީގެ މޭޔަރުކަމުގެ އިންތިހާބުގެ ކެމްޕެއިނުގައި: އެހެން މީހަކު ކުރިމަތި ނުލާތީ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު ވަނީ ކަށަވަރުވެފައި - ފޮޓޯ:އެމްޑީޕީ
އެހެން މީހަކު ކުރިމަތި ނުލާތީ މޭޔަރުކަމުގެ އެމްޑީޕީ ޓިކެޓު އާޒިމަށް
އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލޭ ސިޓީ ކައުންސިލުގެ މޭޔަރުކަމުގެ އިންތިހާބުގައި އެމްޑީޕީން ވާދަކުރަން އިތުރު މީހަކު ހުށަހަޅާފައި ނުވާތީ ޕްރައިމަރީއަކާ ނުލައި އާދަމް އާޒިމަށް ޓިކެޓު ލިބިއްޖެ އެވެ.
Advertisement

އެމްޑީޕީން ބުނީ މާލެ ސިޓީ ކައުންސިލުގެ ހުސްވެފައިވާ މަގާމުތަކަށް ޝައުގުވެރިކަން ފާޅުކުރުމަށް އެ ޕާޓީން ހުޅުވާލި މުއްދަތުގައި ކުރިމަތިލާފައި ވަނީ ކޮންމެ ދާއިރާއަކަށްވެސް އެންމެ ކެންޑިޑޭޓެއް ކަމުން، ޕްރައިމަރީއަކާ ނުލައި އެ ފަރާތްތަކަށް ޕާޓީން ޓިކެޓު ދިނުމަށް ނިންމާފައިވާ ކަމަށެވެ.

ދާއިރާތަކުން ވާދަކުރުމަށް ޝައުގުވެރިކަން ފާޅުކޮށް ކުރިމަތިލި ކެންޑިޑޭޓުން:

މާލޭގެ މޭޔަރު:

އާދަމް އާޒިމް - މ. ސީނުކަރަންކާގެ / މާލެ

މެދު ހެންވޭރު ދާއިރާ:

އަހުމަދު ރިޝްވާން ރަޝީދު - ހ. ވޭމައުތު / މާލެ

ހެންވޭރު ދެކުނު ދާއިރާ:

ހައްވާ ނިހްލާ - ހ. ތަރަބޫޒުގެ / މާލެ

މާފަންނު ދެކުނު ދާއިރާ:

އަހުމަދު އިމްރާން - މ. ފަޅުމަތީގެ / މާލެ

މާލޭ މޭޔަރުކަމަށް އެމްޑީޕީގެ ޓިކެޓް ހޯއްދަވަން ޝައުގުވެރިކަން ފާޅުކުރައްވާ އެކަމަށް މަސައްކަތް ކުރައްވާނެ ކަމަށް ނިމިދިޔަ ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފް އިއުލާނު ކުރެއްވި ނަމަވެސް ފަހުން އެކަމަކާ އުޅުއްވާފައެއް ނުވެ އެވެ.

މާލެ މޭޔަރުކަމުގެ މަގާމަށް ކުރިމަތިލެއްވުމުގެ ޝައުގުވެރިކަން މިހާތަނަށް އިއުލާނުކުރައްވާފައިވާ ބޭފުޅުންގެ ތެރޭގައި މާލޭ ސިޓީގެ ކައުންސިލް މެންބަރު ސައިފް ފާތިހާއި ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝުކޫރާ އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް ހުސެއިން ވަހީދު ހިމެނިވަޑައިގަންނަވަ އެވެ.

މާލޭގެ މޭޔަރުގެ މަގާމު ހުސްވެފައި ވަނީ މީގެކުރިން އެ މަގާމުގައި ހުންނެވި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތުމާ ގުޅިގެން މިދިޔަ މަހުގެ 17 ވަނަ ދުވަހު ރައީސްކަމުގެ ހުވާކުރައްވަން މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ސިޓީ ކައުންސިލުގެ އިތުރު މަގާމުތައް ހުސްވީ ސަރުކާރުގެ އިސް މަގާމުތަކާ ގުޅިވަޑައިގަތުމަށް ބައެއް ކައުންސިލަރުން އިސްތިއުފާ ދެއްވުމުންނެވެ.  

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް