ads
ސުއަރޭޒް
ސުއަރޭޒްވެސް އެންމެ ފަހުން މެސީގެ ޓީމަށް
އެމެރިކާގައި ލިއޮނަލް މެސީ މިހާރު ކުޅެމުން އަންނަ އިންޓަމިޔާމީއަށް، މެސީއާއެކު ގިނަ ދުވަސްތަކެއްވަންދެން ބާސެލޯނާގައި ކުޅުނު، ލުއިސް ސުއަރޭޒް ގެނައުމުގެ ކަންކަން ފައިނަލް ވެއްޖެ ކަމަށް ރިޕޯޓްތައް ބުނަން ފަށައިފިއެވެ.

އިންޓަ މިއާމީއަށް ސުއަރޭޒް ގެންނަން މަސައްކަތް ކުރާކަން އެ ކްލަބުންވެސްވަނީ ހާމަކޮށްފައެވެ. އެ ކްލަބުން ބުނި ގޮތުގައި އަންނަ ޖަނަވަރީގައި ސުއަރޭޒްގެ ސޮއި ހޯދުމަށް އެ ކްލަބުން އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ރިޕޯޓްތައް އެންމެ ފުރަތަމަ އާއްމުވީ މީގެ ދެ މަހެއްހާ ދުވަސް ކުރިންނެވެ.

ސުއަރޭޒް މިހާރު ކުޅެމުން އަންނަނީ އުރުގުއޭއެވެ. އެ ކްލަބުން ބުނި ގޮތުގައި، ޑިސެމްބަރު މަހު ސީޒަން ނިމުމުން ސުއަރޭޒް މިހާރު ކުޅެމުން އަންނަ ކްލަބުން އޭނާ ހިފެހެއްޓުމުގެ ވިސްނުމެއް ނެތެވެ. އެ ކްލަބުގެ ކޯޗު މިއަދު ބުނި ގޮތުގައި އާދިއްތަ ދުވަހު ސުއަރޭޒް ކުޅޭ މެޗަކީ އެ ކްލަބަށް އޭނާ ކުޅޭ ފަހު މެޗެވެ.

ސުއަރޭޒް ވަނީ 2014 އިން 2020 އަށް ކެމްޕް ނޯގައި މެސީއާއެކު ހަ ސީޒަން ކުޅެފައެވެ. އެ މުއްދަތުގައި ސްޕެނިޝް ލަލީގާގެ ހަތަރު ތަށި އަދި 2015 ވަނަ އަހަރުގެ ޔޫއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވެއެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް