އަލްނަސްރުގެ މައްޗަށް ހަތް ޕޮއިންޓްގެ ލީޑެއް ހޯދީ، ހުކުރު ދުވަހުގެ ރޭ ތިން ލަނޑު ސުން ލަނޑުން ނަސްރު ބަލިކޮށް، ހޯދި ތިން ޕޮއިންޓާއެކުއެވެ.
ހުކުރު ދުވަހުގެ ރޭ އަލް ނަސްރާ ދެކޮޅަށް ނިކުތްއިރު ވެސް އަލް ހިލާލް އޮތީ އެއް ވަނައިގަ އެވެ.
މެޗުގައި އަލް ހިލާލްގެ ތިން ލަނޑު ވެސް އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ. މި މޮޅާއެކު އަލް ހިލާލް ވަނީ އެއް ވަނައިގައި ހަތް ޕޮއިންޓުގެ ލީޑެއް ހޯދާފައިވަނީ ކުޅުނު 15 މެޗުން 41 ޕޮއިންޓް ހޯދައިގެންނެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އަލް ނަސްރަށް ލިބެނީ 34 ޕޮއިންޓެވެ.