ads
ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން: އެގްރިކަލްޗާ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ގައްސާން އާއި ހަވާލުކުރައްވައިފި— ފޮޓޯ: ރައީސް އޮފީސް
އެގްރިކަލްޗާ މިނިސްޓްރީ ހިންގުން ވަގުތީގޮތުން ގައްސާނަށް
އެގްރިކަލްޗާ އެން އެނިމަލް ވެލްފެއާ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާއި ހަވާލުކުރައްވައިފި އެވެ.

ރައީސް އޮފީހުން ބުނީ މިނިސްޓަރު އާއިޝަތު ރަމީލާ ޗުއްޓީގައި ހުންނެވުމުގެ ސަބަބުން އެ މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ޑިފެންސް މިނިސްޓަރާއި ހަވާލު ކުރައްވާފަ ވާކަމަށެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން މިނިސްޓަރު ރަމީލާ ހުންނެވި ޗުއްޓީގައެވެ. އެމަގާމުގައި ގައްސާން ހުންނަވާނީ މިނިސްޓަރު ރަމީލާ ރާއްޖެ ވަޑައިގަންނަވަންދެނެވެ.

ޑރ. ރަމީލާ ޗުއްޓީގައި ހުންނެވީ ކެންސަރަށް ޑައިގްނޯސްވުމާ ގުޅިގެން ކީމޯ އާއި ރޭޑިއޭޝަން ތެރަޕީ ނެގުމަށް ރާއްޖޭން ބޭރަށް ވަޑައިގެން އުޅުއްވާތީ އެވެ.

ޑރ. ރަމީލާ ކެންސަރަށް ޑައިގްނޯސް ކުރެވުނުކަން ހާމަކުރެއްވި ނަމަވެސް އެއީ ކެންސަރުގެ ކޮން ބާވަތެއް ކަމެއް މިނިސްޓަރު ވިދާޅެއް ނުވެ އެވެ. އެ ކަމަނާ ފަރުވާ ހޯއްދެވުމަށް ވަޑައިގަންނަވާނީ އިންޑިޔާއަށެވެ.

ނަރުހެއްގެ ގޮތުގައި 1990 ވަނަ އަހަރު މަސައްކަތް ފެއްޓެވި ރަމީލާ ވަނީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެ ފަހަރެއްގެ މަތިން ކުރިން ކުރައްވާފަ އެވެ. ޑރ. ރަމީލާ ވަނީ 2010 ވަނަ އަހަރު ސޯޝަލް ސައިންސްގެ ދާއިރާއިން މެލޭޝިއާއިން ޕީއެޗްޑީވެސް ހާސިލުކުރައްވާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް