ads
ޑިމޮކްރެޓުންގެ އެތެރޭގެ ފުރަތަމަ އިންތިހާބުގައި ހަސަން ލަތީފް ވޯޓުލަނީ
ހަސަން ކާމިޔާބީ އިއުލާން ކޮށްފި، ވަގުތީ ނަތީޖާ އިއުލާންކުރުން މާދަމާ
ދަ ޑިމޮކްރެޓްސްގެ އެތެރޭގެ އިންތިހާބުގެ ވަގުތީ ނަތީޖާ މާދަމާ އިއުލާން ކުރާނެކަން ޕާޓީން އިއުލާންކޮށްފައި ވަނިކޮށް، އެ ޕާޓީގެ ރައީސްގެ މަގާމަށް ވާދަކުރެއްވި ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ކާމިޔާބީ އިއުލާން ކޮށްފި އެވެ.
Advertisement

އެމްޑީޕީގެ ކުރީގެ ޗެއަޕާސަން ވެސް އަދާކުރައްވާފައިވާ ހަސަން ކާމިޔާބީ އިއުލާން ކުރެއްވީ، މީގެ ކުޑައިރުކޮޅެއް ކުރިން އޭނަ އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ.

އެ ޕޯސްޓުގައި އޭނަ ލިއުއްވާފައިވަނީ، ވޯޓު ފޮށިތަކުގެ ނަތީޖާ ޝީޓުތަކުން ދައްކަނީ ބޮޑު ތަފާތަކުން އެ އިންތިހާބު އޭނާއަށް ކާމިޔާބު ވެއްޖެކަން ކަމަށެވެ.

”‏މިއަދު މުޅި ރާއްޖޭގައި އެ ހިންގުނީ މުހިއްމު ސިޔާސީ ހަރަކާތެއް. ދެން އޮތީ ހަގީގީ މަސައްކަތް ފަށައިގަތުން. ހުރިހާ މެންބަރުންނަށް މަރުހަބާ އާއި ޝުކުރު ދަންނަވަން“ ހަސަންގެ ޕޯސްޓުގައި ލިއުއްވާފައި ވެއެވެ.

ޑިމޮކްރެޓްސްގެ ބައެއް މެމްބަރުން އަންނަނީ އޭނާއަށް މަރުހަބާ ވެސް ކިޔަމުން ނެވެ. މިއަދު ހެނދުނު ފެށި ޑިމޮކްރެޓްސްގެ ފުރަތަމަ އެތެރޭގެ އިންތިހާބުގައި އެ ޕާޓީގެ ރައީސްކަމަށް ހަސަންގެ އިތުރުން ދެން ވާދަކުރެއްވީ އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު  ހުސެއިން އަމްރު އެވެ. 

އަމްރު އަށް ތާއީދުކުރައްވާ އެ ޕާޓީގެ މެމްބަރުން އަންނަނީ އޭނާއަށް ވެސް މަރުހަބާ ކިޔަމުން ނެވެ. ނަމަވެސް އޭނާ ވިދާޅުވީ، އިންތިހާބުގެ ވަގުތީ ނަތީޖާ ނުލިބެނީސް ކާމިޔާބު އިއުލާން ނުކުރާނެ ކަމަށެވެ.

ޖުމްލަ 5835 މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބުނު މި އިންތިހާބުގެ ވޯޓުލުން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 10:00 އިން މިއަދު ހަވީރު 4:00 އާ ހަމައަށެވެ. ވަގުތީ ނަތީޖާ އިއުލާން ކުރުން މާދަމާ އަށް ލަސްކޮށްފައިވާތީ ވެސް އެ ޕާޓީގެ ބައެއް މެމްބަރުން ދަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުން ނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް