ads
ޑިމޮކްރެޓުންގެ އެތެރޭގެ ފުރަތަމަ އިންތިހާބުގައި ހަސަން ލަތީފް ވޯޓުލައްވަނީ
ހަސަން ވިދާޅުވީ އިންތިހާބުން ކާމިޔާބު ލިބިވަޑައިގަތީ އޭނާއަށް ކަމަށް
އިއްޔެ ބޭއްވި ދަ ޑިމޮކްރެޓްސްގެ ފުރަތަމަ ދައުރުގެ މަގާމުފުރާތަކަށް މެންބަރުން ނެގުމުގެ އިންތިހާބުގެ ނަތީޖާ ރަސްމީކޮށް އަދި އިއުލާނު ކޮށްފައި ނުވި ނަމަވެސް، ޕާޓީގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވި ކެންޑިޑޭޓް ހަސަން ލަތީފަށް ކާމިޔާބު ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމަށް ކުރިމަތިލެއްވި ހަސަން ރޭގެ ވަގުތެެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ވޯޓުފޮށިތަކުގެ ނަތީޖާ ޝީޓުތަކުން ދައްކަނީ ބޮޑު ތަފާތަކުން އިންތިހާބު ކާމިޔާބު ވެއްޖެކަން ކަމަށެވެ. 

އެކަމާ ގުޅިގެން ހަސަން މިއަދު "ސީއެންއެމް" އަށް ވިދާޅުވީ އިންތިހާބުގެ ނަތީޖާ ޝީޓުތައް ދައްކާ ގޮތުން އޭނާއަށް އިންތިހާބުގައި ކާމިޔާބީ ލިބިވަޑައިގެންފައިވާ ކަމަށެވެ. އެހެންނަމަވެސް އިންތިހާބުގެ ރަސްމީ ނަތީޖާ އިއުލާނުކުރާނީ ޕާޓީގެ ފަރާތުން އެކަމަށް ކަނޑައެޅިފައިވާ ފަރާތުން ކަމަށް ހަސަން ވިދާޅުވި އެވެ. 

"ވޯޓުލާ މަރުކަޒުގައި ވޯޓު ފޮށި ކައިރީގައި ތިބޭ އިލެކްޝަން ކޮމިޓީގެ އޮފިޝަލުން އެތަނުގެ ވަގުތީ ނަތީޖާ އިއުލާނު ކުރާނެ. އެއީ އެ ނަތީޖާއަކީ. އިންތިހާބުގެ އެ ނަތީޖާ ޝީޓުތައް އެއީ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އަޅުގަނޑަށްވެސް ލިބޭނެ އެއްޗެއް. އެ ވޯޓު ފޮށިތައް ކައިރީ އަޅުގަނޑުވެސް މަންދޫބުން ބައިތިއްބާފައި ތިބޭނެ. މި ނަތީޖާ ޝީޓުތަކުން އަޅުގަނޑު ހިސާބު ޖަހާ ހެދުމުން ނުކުންނަ ނަތީޖާގެ ވާހަކަ އަޅުގަނޑު ޓްވީޓުކޮށްފައި އެ އޮތީ،" - ހަސަން ލަތީފް

އިންތިހާބުގެ ނަތީޖާ އިއުލާނު ކުރުމާ ގުޅޭގޮތުން ޑިމޮކްރެޓްސްގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވެފައި ވަނީ ވަގުތީ ނަތީޖާ މިއަދުގެ ވަގުތެއްގައި އިއުލާނުކުރައްވާނެ ކަމަށެވެ. އެކަމާ ގުޅިގެން ފަހުގެ މައުލޫމާތެއް ހޯދުމަށް މަސައްކަތް ކުރި ނަމަވެސް އެ ފަރާތުގެ ބަހެއް ލިބިފައެއް ނުވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް