ads
ބޮޑެތި އިނާމުތަކާ އެކު ހެއްޔާ މަކިޓާ ޕްރޮމޯޝަން ވަނީ ފަށާފައި - ފޮޓޯ:އެސްޓީއޯ
ބޮޑެތި އިނާމުތަކާ އެކު ހެއްޔާ މަކިޓާ ޕްރޮމޯޝަން ފަށައިފި
ބޮޑެތި އިނާމުތަކާ އެކު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކުރިއަށް ގެންދާ ހެއްޔާ މަކިޓާ 2023 ޕްރޮމޯޝަން އާދީއްތަ ދުވަހު ފަށައިފި އެވެ.

އެސްޓީއޯއިން ބުނީ މިއަދުން ފެށިގެން އަންނަ ޖެނުއަރީ މަހުގެ 11 ވަނަ ދުވަހު ކުރިއަށްގެންދާ މި ޕްރޮމޯޝަން ފައްޓަވައިދެއްވީ އެ ކުންފުނީގެ ޖެނެރަލް މުހައްމަދު އީމާން ކަމަށެވެ.

އެސްޓީއޯ މަކިޓާ ޝޯރޫމްގެ އިތުރުން އެ ކުންފުނީގެ ރީޖަނަލް އައުޓްލެޓްތަކުގައި މި މުއްދަތުގައި ޕްރޮމޯޝަން ކުރިއަށް ގެންދާނެ އެވެ. މި ޕްރޮމޯޝަނުގެ ދަށުން ކުރާ ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބޭއިރު 30 އިންސައްތަ އާ ހަމައަށް ޑިސްކައުންޓް ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

އެސްޓީއޯއިން ބުނެފައި ވަނީ މި ޕްރޮމޯޝަން ނިމުމުން ގުރުއަތުން ހޮވޭ ފަރާތްތަކުގެ ތެރެއިން އެއްވަނައަށް ދާ ފަރާތަކަށް މަކިޓާ ޝޯރޫމްގެ 30،000 (ތިރީސް ހާސް) ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެ ކަމަށެވެ. އަދި ދެވަނައަށް 20،000 (ވިހި ހާސް) ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭއިރު، ތިންވަނައަށްދާ ފަރާތަކަށް 10،000 (ދިހަ ހާސް) ރުފިޔާގެ ގިފްޓް ވައުޗަރެއް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

your imageބޮޑެތި އިނާމުތަކާ އެކު ހެއްޔާ މަކިޓާ ޕްރޮމޯޝަން ވަނީ ފަށާފައި - ފޮޓޯ:އެސްޓީއޯ

އެސްޓީއޯއިން ބުނި ގޮތުގައި ޕްރޮމޯޝަން ނިމެންދެން ކޮންމެ ހޮނިހިރު ދުވަހަކު މަކިޓާ ޝޯރޫމްގައި މަކިޓާ ޓޫލް ބޭނުންކޮށްގެން އިސްކުރު ޖެހުމުގެ މުބާރާތެއް ކުރިއަށް ގެންދާނެ ކަމުގަ އެވެ. މި މުބާރާތުގައި އެންމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އެންމެ ގިނަ އިސްކުރު ޖަހާ ފަރާތެއް ހޮވައި، އެ ފަރާތަކަށް މަކިޓާގެ އުފެއްދުންތައް އިނާމުގެ ގޮތުގައި ލިބޭނެ ކަމަށް އެ ކުންފުނިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް