ads
ޑިމޮކްރެޓުންގެ އެތެރޭގެ ފުރަތަމަ އިންތިހާބުގައި އަމްރު ވޯޓުލައްވަނީ
ކަމެއް ގޯހުންދާ ކަމަށް ވަނީ ނަމަ ސީދަލަށް އެ ވާހަކައެއް ބުނާނަން: އަމްރު
ކަމެއް ގޯހުން ދާ ކަމަށް ފާހަގަވުމުން އެ ވާހަކައެއް ސީދަލަށް ބުނާނެ ކަަމަށް ދަ ޑިމޮކްރެޓްސްގެ ރައީސްކަމުގެ މަގާމަށް ވާދަކުރެއްވި ހުސައިން އަމްރު ރަޝާދު ވިދާޅުވެއްޖެ އެވެ.
Advertisement

އަމްރު މިފަދައިން ވިދާޅުވެފައި ވަނީ އިއްޔެ އެ ޕާޓީން ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާން ކުރުން ލަސްކުރަމުން ދާތީ އެކަމާ ގުޅޭގޮތުން މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގަ އެވެ. އަމްރު ވިދާޅުވީ އިންތިހާބުތަކާ އަބަދުވެސް ކުރިމަތިލައްވަނީ އިންތިހާބުގައި މޮޅުވާ ފަރާތަކާއި ބަލިވާ ފަރާތެއް ވާނެކަން އެނގި ހުންނަވާ ކަމަށެވެ.

"ވަރަށް ގިނަ އިންތިހާބުގައި ވާދަކުރެވިއްޖެ. ބައެއް އިންތިހާބު އިރާދަކުރެއްވީތީ ވަރަށް ކާމިޔާބު. އަނެއް ބައި އިންތިހާބުތަކުގައި ނާކާމިޔާބުވި ނަމަވެސް އެކަމާ ޝަކުވާއެއް ނުކުރަން،" - ހުސައިން އަމްރު ރަޝާދު

ފާއިތުވި 15 އަހަރަށްވުރެ ގިނަ ދުވަހު އޭނާ އާއެކު ސިޔާސީ މަސައްކަތް ކުރެއްވި ބޭފުޅުންނަށް އޭނާއަކީ ދޫދޭން ޖެހޭ ތަންތަނުގައި ބޮޑުކޮށް ދޫދޭ މީހެއްކަން އެނގިވަޑައިގަންނަވާނެކަން ފާހަގަކުރައްވާ އަމްރު ވިދާޅުވީ އޭނާއަކީ އަސާސްތަކުގައި ހިފަހައްޓާ މީހެއް ކަމަށެވެ.

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގަ އާއި ޑިމޮކްރެޓްސްގެ ޕާޓީ ކެންޑިޑެންސީއަށް ވާދަނުކޮށް ފަހަތަށް ޖެހިވަޑައިވަޑައިގަތް ކަމަށް އަމްރު ވިދާޅުވި އެވެ. އަމްރު ވިދާޅުވި ގޮތުގައި އެކަން އެގޮތަށް ކުރެއްވެވީ ސިޔާސީ މަސައްކަތަކީ އޭނާ ލޯތްބާއި ގުރުބާނީ އާއެކު ކުރި މަސައްކަތެއް ކަމަށް ވާތީ ކަމުގަ އެވެ.

"ނަމަވެސް ކަމެއް ގޯހުންދާ ކަމަށް ފާހަގަވުމުން އެ ވާހަކަ ސީދަލަށް ބުނަން. އެއީ އެންމެންގެވެސް ރަނގަޅަކަށް،" - ހުސައިން އަމްރު ރަޝާދު

މި އިންތިހާބުގެ ނަތީޖާ އާ މެދު ހިތްހަމަނުޖެހުނަސް އިތުރަށް އެ ނަތީޖާ އާ މެދު އެއްޗެއް ދަންނަވަން ބޭނުން ނުވާކަން ފާހަގަކުރައްވާ އަމްރު ވަނީ އިންތިހާބުގައި ބުރަ މަސައްކަތް ކުރެއްވި ކެމްޕެއިން އަދި ސޯޝަލް މީޑިއާ ޓީމަށާއި އޭނާއަށް ވޯޓުދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރައްވާފަ އެވެ.

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް