އަންނަ އަހަރުގެ ޔޫރޯ އޮންނާނީ ޖޫން މަހުން ފެށިގެން ޖަރުމަނުގައެވެ. ޔޫރޯގައި އިޓަލީ އާއި ސްޕޭން އެއް ގްރޫޕަކަށް ލައްވާލިއިރު، އެ ގްރޫޕުގައި ދެން ހިމެނެނީ ކްރޮއޭޝިއާ އަދި އަލްބޭނިއާ އެވެ. އެއީ ގްރޫޕް ބީއެވެ.
ގަދަ ޓީމުތަކެއް އެއް ގްރޫޕެއްގައި ހިމެނޭ އަނެއް ގްރޫޕަކީ، ގްރޫޕް ޑީއެވެ. އެ ގްރޫޕުގައި ހިމެނެނީ ފްރާންސާއި ނެދަލެންޑްސްގެ އިތުރުން އޮސްޓްރިއާ އެވެ. އެ ގުރޫޕްގެ ހަތަރުވަނަ ޖާގަ ލިބޭނީ ޕްލޭއޮފްގައި ވާދަ ކުރާ ޕޮލެންޑާއި ވޭލްސް، ފިންލެންޑް އަދި އެސްޓޯނިއާގެ ތެރެއިން ޓީމެކެވެ.
ޔޫރޯގައި އެންމެ ފަހުގެ ރަނަރަފް، އިންގްލެންޑް ލައްވާލީ ގުރޫޕް ސީގައި ޑެންމާކާއި ސާބިއާ އަދި ސްލޮވޭނިއާއާ އެކު އެވެ.
ގްރޫޕް އޭ: ޖަރުމަން، ސްކޮޓްލޭންޑް، ހަންގޭރީ، ސްވިޒަލޭންޑް.
ގްރޫޕް ބީ: ސްޕެއިން، ކްރޮއޭޝިއާ، އިޓަލީ، އަލްބޭނިއާ.
ގްރޫޕް ސީ: ސްލޮވޭނިއާ، ޑެންމާކް، ސާބިއާ، އިންގްލެންޑް.
ގްރޫޕް ޑީ: ނެދަލެންޑްސް، އޮސްޓްރިއާ، ފްރާންސް. (ޕޮލެންޑް/ވޭލްސް/ފިންލެންޑް/އެސްޓޯނިއާ)،
ގްރޫޕް އީ: ބެލްޖިއަމް، ސްލޮވާކިއާ، ރޫމޭނިއާ، (އިޒްރޭލް/ބޮސްނިއާ/ޔޫކްރެއިން/އައިސްލެންޑް)
ގްރޫޕް އެފް: ތުރުކީ، ޕޯޗުގަލް، ޗެކް ރިޕަބްލިކް. (ޖޯޖިއާ/ގްރީސް/ކަޒަކިސްތާން/ލަގްޒަމްބާގް)