ނައިބު ރައީސްކަމުގެ މަގާމު ހުސްވެފައި މިވަނީ ނައިބު ރައީސަކަށް ހުންނެވި އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމުންނެވެ.
އެމްޑީޕީގެ ޕާލިމެންޓަރި ގުރޫޕުން މިއަދު ނެގި ވޯޓުގައި މަޖިލީހުގެ ނައިބު ރައީސް ކަމަށް ވާދަކުރެއްވުމަށް ނަން ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ސައްލެ)، އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ އިތުރުން ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެމްބަރުންގެ މެދުގައި ނެގި ވޯޓުގެ ނަތީޖާއިން ދައްކާ ގޮތުގައި ސަލީމަށް 26 ވޯޓު ލިބިވަޑައިގަތެވެ.
އޭނާއާ އެންމެ ގާތުން ވާދަކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމެވެ. ރޮޒެއިނާއަށް 23 ވޯޓު ލިބިވަޑައިގަތެވެ. ޖާބިރަށް 04 ވޯޓު ލިބިވަޑައިގަތެވެ.
އާ ނައިބު ރައީސަކު އިންތިހާބުކުރުމަށް މަޖިލީހުގެ ޖަލްސާ އެއް މިރޭ 8:30 ގައި ބޭއްވުމަށް ވަނީ އެޖެންޑާކޮށްފަ އެވެ.