ads
ސައުދީ ސަފީރު، މަޖިލީހުގެ ރައީސާ ބައްދަލު ކުރައްވަނީ، ދެ ގައުމުގެ ގުޅުން ބަދަހި ކުރުމަށް މަޝްވަރާ ކުރެއްވި - ފޮޓޯ: މަޖިލިސް
ރާއްޖެ އާއި ސައުދީ އާއިދެމެދު މަޖިލީހުގެ ރައީސް މަޝްވަރާކޮށްފި
ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ސަފީރު، މަތްރެކް ބިން އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު އަސްލަމްގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައިފި އެވެ.

މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީސްގެ އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި، ސައުދީން ރާއްޖޭގެ ތަރައްގީއަށް ވެދެއްވާ އެހީތެރިކަމަށްޓަކައި ސައުދީގެ ސަރުކާރަށާއި ރައްޔިތުންނަށް އަސްލަމް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ. 

އަދި، މަޖިލީހާއި ސައުދީގެ ގާނޫނު ހަދާ މަޖިލީހާ ދެމެދު އޮންނަ ގުޅުން ވަރުގަދަ ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

your imageސައުދީން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، މަޖިލީސް ރައީސް އަސްލަމްގެ ބައްދަލުވުން - ފޮޓޯ: މަޖިލީސް

މި ބައްދަލުކުރެއްވުމުގައި، ސައުދީ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު އޮންނަ ރަހްމަތްތެރިކަމުގެ ގުޅުމުގެ މައްޗަށް އަލިއަޅުއްވާ ލެއްވި އެވެ. 

އަދި ދެ ގައުމުގެ މެދުގައި އޮންނަ އިސްލާމީ، ސަގާފީ، އަހްލާގާއި، ތާރީހީ ގުޅުން ފާހަގަކުރެއްވި އެވެ.

އޭގެއިތުރުން، ތައުލީމީ ދާއިރާއިންނާއި ސިއްހީ ދާއިރާއިން ރާއްޖޭއަށް އިތުރު އެހީތައް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް ސައުދީ ސަފީރު މަތްރެކް ބިން އަބްދުﷲ އަލްއަޖާލީން އަލްދައުސަރީ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް