ads
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝައްމާން ވަހީދު: ސިޓީތަކުން ޕާސްޕޯޓް ދެ ގުނަ އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖައްސަން އޭނާ ވަނީ ނިންމަވާފައި - ފޮޓޯ:އިމިގްރޭޝަން
ސިޓީތަކުން ދެގުނަ އަވަހަށް ޕާސްޕޯޓު ލިބޭނެ އިންތިޒާމު ހަމަޖައްސަނީ
ސިޓީތަކުގައި ހުންނަ މޯލްޑިވްސް އިމިގްރޭޝަންގެެ ރީޖަނަލް އޮފީސްތަކުން ދިވެހި ޕާސްޕޯޓު ދެގުނަ އަވަހަށް ލިބޭނެ ގޮތް ހެދުމަށް ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު ނިންމަވައިފި އެވެ.
Advertisement

މި ނިންމުމާ އެކު އައްޑޫ ސިޓީ، ކުޅުދުއްފުށި ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ އަދި ތިނަދޫ ސިޓީގެ އިމިގްރޭޝަން އޮފީހުން ޕާސްޕޯޓު ދޫކުރުމުގެ ހިދުމަތް އަވަސް ވެގެން ދާނެ އެވެ.

އިމިގްރޭޝަނުން މިއަދު ބުނީ އެކަން އެގޮތަށް ހަމަޖެއްސީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާ އެއްގޮތަށް ހިދުމަތްތައް ފަސޭހައިން އަވަހަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކަމަށެވެ.

އައްޑޫ ސިޓީއަށް މީގެކުރިން ޕާސްޕޯޓު ފޮނުވަމުން ދިއައީ ހަފުތާއަކު ދެ ދުވަހު ނަމަވެސް، ދެން ކޮންމެ ހަފުތާއެއްގެ ހަތަރު ދުވަހު އެ ސިޓީއަށް ޕާސްޕޯޓު ފޮނުވޭނެ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަނުން ބުނެފައި ވަނީ ކުޅުދުއްފުއްޓާއި ފުވައްމުލައް އަދި ތިނަދޫއަށް މީގެކުރިން ޕާސްޕޯޓުތައް ފޮނުވަމުން ދިއައީ ހަފުތާއަކު އެއް ދުވަހު ކަމަށާއި މި ބަދަލާ އެކު މިއިން ކޮންމެ އޮފީހަކަށްވެސް ހަފުތާއަކު ދެ ދުވަހު ޕާސްޕޯޓު ފޮނުވޭނެ ކަމަށެވެ.

އޭގެ އިތުރުން ކޮންޓްރޯލާ ޖެނެރަލްގެ މި ނިންމުމާ އެކު، ރީޖަނަލް އޮފީސްތަކުން ޕާސްޕޯޓު ނެގުމަށް ހިޔާރުކުރާ ފަރާތްތަކަށް ހަލުވިކަމާ އެކު ޕާސްޕޯޓު ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އެ އިދާރާއިން ބުނި ގޮތުގައި ރައްޔިތުންނަށް ލުއިފަސޭހަކަމާ އެކު ޕާސްޕޯޓުގެ ހިދުމަތް ލިބޭނެ ފުރުސަތު ތަނަވަސްކޮށްދީ، މި ހިދުމަތް ކުރިއަށް އޮތްތަނުގައި އިތުރު އަތޮޅުތަކަށްވެސް ފުޅާކުރުމަކީ އަމާޒެއް ކަމުގަ އެވެ.

މިދިޔަ މަހުގެ ތެރޭގައި އިމިގްރޭޝަނުން ވަނީ ރާއްޖެ އަންނަ އަދި ރާއްޖޭން ބޭރަށް ދަތުރުކުރާ ދިވެހިންނަށް އިމުގާ ފޯމު ފުރަން ނުޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ. މީގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އީ-ގޭޓްގެ ހިދުމަތްވެސް މިދިޔަ ހަފުތާގައި އަލުން ވަނީ ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް