އިންސްޓަގްރާމް ސަސްޕެންޑުކުރިކަން ހާމަކުރީ އުރުފީގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ތަކުގައި އޭނާ އަމިއްލައަށެވެ.
ނަމަވެސް އިންސްޓަގްރާމުން ވަނީ އުރުފީގެ އެކައުންޓު ސަސްޕެންޑުކުރިތާ މާގިނައިރުތަކެއް ނުވަނީސް ސަސްޕެންޝަން އުވާލާފައެވެ. އަދި އިންސްޓަގްރާމުން ވަނީ އުރުފީއަށް މައާފަށް އެދި މެސެޖެއްވެސް ފޮނުވާފައެވެ.
އުރުފީގެ އިންސްޓަގްރާމް ސަސްޕެންޑުކުރިއިރު، އިންސްޓަގްރާމުން އަންނަނީ ބަރަހަނާ މަންޒަރުތަކާއި، ނިވައިކަން ކުޑަ މަންޒަރުތައް ހުންނަ އެކައުންޓުތައް ސަސްޕެންޑުކުރަމުންނެވެ.
އުރުފީއަކީ މުޅި އޭޝިއާގައި ވެސް ވަރުގަތަ އިންފުލުއެންޒަރެއްގެ އިތުރުން، ބޮލީވުޑުގެ މަޝްހޫރު ތަރިއެކެވެ. އުރުފީގެ ޑިޒައިން ހެދުންތަކުގެ ހާމަކަން ބޮޑުކަމުން ގިނަބައެއްގެ ފާޑުކިއުންވެސް ވަނީ އޭނާއަށް އަމާޒުވެފައެވެ.