އެފްއޭ ކަޕަކީ އިގިރޭސި އެންމެ ދުވަސްވީ އަދި އެންމެ ޝަރަފުވެރި އެއް މުބާރާތެވެ. މި މުބާރާތުގެ ތިންވަނަ ބުރުގެ މެޗުތައް ކުޅޭނީ އަންނަ ޖަނަރަވީ މަހުގެ ފުރަތަމަ ހަފްތާގައެވެ.
އެފްއޭ ކަޕްގެ ތިންވަނަ ބުރުގައި، އާސެނަލްއާ ލިވަޕޫލް ކުޅެން ޖެހޭއިރު، ނިއުކާސްލް ވާދަކުރާނީ ސަންޑަލަންޑާއެވެ. މެންޗެސްޓަރ ޔުނައިޓެޑް ކުޅޭނީ 2013 ވަނަ އަހަރުގެ ޗެމްޕިއަން ވިގަން އެތްލެޓިކާއެވެ. ޓޮސްޓެންހަމް، ބާންލިއާ ކުޅޭއިރު، އެވަޓަން ކުޅޭނީ ކްރިސްޓަލް ޕެލަސްއާއެވެ.
މީގެ އިތުރުން މެންޗެސްޓަރ ސިޓީ ކުޅޭނީ، ހަޑަސްފީލްޑް ޓައުންއާ އަދި، ޗެލްސީ ކުޅޭނީ ޕްރެސްތަން ނޯތް އެންޑާއެވެ.