ads
އެމްބާޕޭ އަދި ރޮނާލްޑީނިއޯ
ކޮންމެ ޓީމެއްގައި ހުއްޓަސް އެމްބާޕޭއަށް ބެލޮންޑިއޯ ހޯދިދާނެ: ރޮނާލްޑީނިއޯ
ފްރާންސްގެ ތަރި އެމްބާޕޭއަށް "ކޮންމެ ޓީމެއްގައި ހުއްޓަސް" ބެލޮންޑިއޯ ހޯދޭނެ ކަމަށް ބްރެޒިލްގެ ރޮނާލްޑީނިއޯ ބުނެފިއެވެ.

އޭއެފްޕީއަށް ދިން އިންޓަވިޔުއެއްގައި ބްރެޒިްލގެ ކުރީގެ ތަރި ބުނީ އެމްބާޕޭއަށް ކޮންމެ ޓީމެއްގައި ހުރެވެސް ދުނިޔޭގެ އެންމެ މޮޅުކުޅުންތެރިޔާގެ މަގާމް ހޯދިދާނެ ކަމަށެވެ. އެހެންނަމަވެސް އޭނާ އެދެނީ އެމްބާޕޭ ޕީއެސްޖީގައި ހުރެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދުން ކަމަށް ރޮނާލްޑީނިއޯ ބުންޏެވެ. 

"އެމްބާޕޭ ކަހަލަ މޮޅު ކުޅުންތެރިއަކަށް ކޮންމެ ޓީމަކުން ވެސް ބެލޮންޑިއޯ ހޯދުމުގެ ފުރުސަތު ލިބިދާނެ، އެކަމަކު އަހަރެން ޕީއެސްޖީ ދެކެ ލޯބިވާތީ ޕީއެސްޖީއާ އެކު އެކަން ކުރަން ބޭނުން،" 2002 ވަނަ އަހަރުގެ ވޯލްޑް ޗެމްޕިއަން ބުންޏެވެ.

އެމްބާޕޭ ޕީއެސްޖީގައި ހުރެ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދަން އެދޭ ކަމަށް ރޮނާލްޑީނިއޯ ބުންޏަސް، މި ހިނގާ ސީޒަން ނިމުމުން އެމްބާޕޭ ދެން އިތުރަށް ޕީއެސްޖީގައި މަޑުކޮށްފާނެ ކަމަކަށް ނުބެލެވެއެވެ. މި ސީޒަންގެ ނިޔަލަށް އެމްބާޕޭގެ ކޮންޓްރެކްޓް ހަމަވާއިރު، ދެން ކޮންޓްރެކްޓްގެ މުއްދަތު އާ ކުރާނެ ކަމަކަށް ނުބެލެވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް