ޕީއެސްއެމް އިން ބުނީ، މާލެ ސިޓީގެ ތަރައްގީއަށް ކެނޑިޑޭޓުން ގެންގުޅުންވާ ތަސައްވުރާއި، ކުރިއަށްގެންދަވާނެ މަސައްކަތްތަކާއި ގުޅޭގޮތުން ރައްޔިތުންނާއި ހަމައަށް މައުލޫމާތު ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ބާއްވަން ނިންމާފައިވާ ބަހުސްއެއް ކަމަށެވެ.
މޭޔަރުންގެ ބަހުސްވެސް ބާއްވާނީ، ޕީއެސްއެމުން ބާއްވަމުން އަންނަ ރިޔާސީ ބަހުސާއި ދާއިރާތަކުގެ ބަހުސްވެސް ބާއްވަމުން އަންނަ ގޮތަށެވެ. ބަހުސްގައި ބައިވެރިވުމަށް ހުރިހާ ކެންޑިޑޭޓުންނަށް ދައުވަތު އަރުވާނެކަމަށް އެ ޗެނަލުން ބުނެއެވެ.
ޕީއެސްއެމް އިން ބުނީ މޭޔަރުންގެ ބަހުސްގެ އިތުރުން، ކެންޑިޑޭޓުންގެ ސިޔާސަތުތައް ގެނެސްދިނުމަށް އޮންއެއާ ވަގުތު ދޫކުރުމަށްވެސް ހަމަޖެހިފައިވާކަމަށެވެ.
އަންނަ ޖެނުއަރީ މަހުގެ 13ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް 3 ޕާޓީއަކުންނާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އުފައްދަވަން އުޅޭ ޕާޓީން ވެސް ވަނީ އިއުލާންކޮށްފަ އެވެ.
މިހާތަނަށް މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާނެކަން އިއުލާން ކުރެއްވި ކެނޑިޑޭޓުން:
ބަހުސް ބާއްވާނެ ތާރީހް ފަހުން އިއުލާނު ކުރާނެކަމަށް އެ ޗެނަލުން ބުނެއެވެ.