ads
އިޝާ މަލްވިޔާ އާއި ސަމްރާޓް ޖުރެއިލް ފޮޓޯ:- ބިގް ބޮސް
އިޝާ އާއި ސަމްރާޓް ރުޅިވެއްޖެ
އިޝާ މަލްވިޔާ އާއި ސަމްރާޓް ޖުރެއިލް ރުޅި ވެއްޖެ އެވެ.

އިޝާ މަލްވިޔާ އާއި ސަމްރާޓް ޖުރެއިލް ބްރޭކަޕްވެފައި ވަނީ ދެ މީހުންގެ ދޭތެރޭގައި ހިނގި ޒުވާބެއްގެ ތެރޭގަ އެވެ. މި ޒުވާބު ފެށުނީ ދެ މީހުންގެ ދޭތެރޭގައި ޖެހުނު އާއިލީ މައްސަލަތަކެއްގެ ސަބަބުން ކަމަށް އިންޑިއާގެ ނޫސްތަކުން ބުނެވެ.

މި ޒުވާބުގެ ތެރެއިން އިޝާ ބުނެފައި ވަނީ ''އޭނާ އިތުރަށް ސަމްރާޓް އާ އެކީ އުޅެން ބޭނުން ނުވާ ކަމަށެ"ވެ. މި ޒުވާބު ހޫނުވެ ސަމްރާޓް ވެސް ވަނީ ވަރަށް ބޭ އަދަބީކޮށް އިޝާ އާ ދިމާލަށް އޭނާއަކީ އެއްވެސް އަހުލާގެއް، އަދަބެއް، ސަދަބެއް ނެތް މީހެއް ކަމަށް ބުނެ އިޝާގެ އާއިލާ އާ ބެހޭގޮތުން އެއްޗެހި ކިޔާފަ އެވެ.

މި ދެ ތަރިންނަކީ ހިންދީ ޑްރާމާ ސީރީޒް "އުދާރިޔާން" ގައި އެކްޓްކުރަމުން އައި ދެ ތަރިންނެވެ. މި ދެ މީހުންގެ ލޯބީގެ ސަފުހާ ފެށުނީ މި ޑްރާމާއަށް ޕާފޯމްކުރަން އުޅުމުގެ ތެރޭގަ އެވެ.

ޓީވީ ޕްރޮގްރާމެއްގައި ވާހަކަ ދައްކަމުން އިޝާ ވަނީ މިި ދެ މީހުންގެ ގުޅުން ނިމިފައިވާކަން އޮފިޝަލީ އެނައުންސްކޮށްފަ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް