ads
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު - ފޮޓޯ:ރައްޔިތުންގެ މަޖިލިސް
އަޑުގަދަ ކުރެއްވުމުން ޖާބިރުގެ ނަން އިއްވައިފި
މިއަދުގެ ރައްޔިތުންގެ މަޖިލިހުގެ ތިން ވަނަ ދައުރުގެ 31 ވަނަ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ނަން އިއްވައިފި އެވެ.

ރައްޔިތުންގެ މަޖިލިހުގައި ޖާބިރުގެ ނަން އިއްވާފައި ވަނީ މަޖިލީހުގެ ތަޅުމުގައި އަޑުގަދަކުރުމުގެ ސަބަބުންނެވެ. ޖާބިރު މިފަދައިން އަޑުގަދަ ކުރައްވާފައި ވަނީ ރޭ ބޭއްވި ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސްގެ މަގާމަށް މެންބަރަކު އިންތިހާބު ކުރުމަށް ނެގި ވޯޓާ ގުޅިގެން ނުރުހުން ފާޅު ކުރެއްވުމުގެ ގޮތުންނެވެ.  

މަޖިލީހުގެ ރިޔާސަތުގައި އިންނެވި މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް، ޖާބިރުގެ ނަން އިއްވުމުގެ ކުރިން ދެ ފަހަރު މަތިން ނަސޭހަތްތެރިވެފައިވެ އެވެ، ތިން ވަނަ ފަހަރަށް ނަސޭހަތްތެރިވުމަށް ފަހު ނަން އިއްވާ މަޖިލިސް ދޫކޮށް ވަޑައިގަތުމަށް އެންގެވި އެވެ. އެހެންނަމަވެސް ޖާބިރު މަޖިލިސް ދޫކޮށް ވަޑައިގެންފައެއް ނުވެ އެވެ. 

ޖާބިރު ދިޔައީ މަޖިލީހުގައި ހާޒިރުވެ ތިއްބެވި އެހެން މެންބަރުންނަށް އުދަގޫ ކުރައްވަމުންނެވެ. އެގޮތުން މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ ވާހަކަދައްކަވަމުން ދަނިކޮށް ޖާބިރު ވަނީ އެކަމަށް ހުރަސްއަޅައި މައިކުވެސް ނިއްވާލައިފަ އެވެ. މީގެ އިތުރުން މަޖިލިހުގެ ނައިބު ރައީސް އަދި ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމްގެ އަރިހަށް ވަޑައިގެން އެއްޗެހިތަކެއް ވިދާޅުވެ، ނުރުހުން ފާޅުކުރައްވާ މަންޒަރު ފެނިގެންދިޔަ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް