ads
ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މަޖިލީހުގައި
"ޕާކުން ފެނުނު 96 ފައިސާ ފޮތި ގެއްލިފައިވަނީ ރައީސް ޔާމީންގެ އެޑްމިނިސްޓްރޭޝަނުގައި"
ރައީސް ޔާމީން ސަރުކާރުން ސަލްޓަން ޕާކް ތަރައްގީކުރަމުންދިޔަ އިރު އިރު ކޮނުނު ވަޅުގަނޑުން ނެނި 96 ފައިސާ ފޮތި ރައީސް ޔާމީނުގެ އެޑްމިނިސްޓްރޭޝަނުގައި ގެއްލިފައިވާކަމަށް ކުރީގެ ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ސަލްޓަންޕާކުގެ މަސައްކަތުގެ ތެރެއިން ކޮންނަމުން ދަނިކޮށް ފެނުނު އާސާރީ ތަކެތީގެ ތަފުސީލު ލިޔުމުން ހޯދުމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވަނީ ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫނާ ސުވާލު ކުރައްވާފަ އެވެ. އެ ސުވާލުގެ ތަކުގެ ޖަވާބުތައް މަޖިލީހަށް އިއްވީ މިއަދުގެ ޖަލްސާގަ އެވެ.

އެ ސުވާލު ތަކަށް ކުރީގެ މިނިސްޓަރު ޔުމްނާ ދެއްވި ޖަވާބުގައި ސަލްޓަންޕާކް ތަރައްގީކުރުމުގެ މަޝްރޫއު ހިންގާފައިވަނީ އެކަމަނާ އެ މަގާމާ ހަވާލުވުމުގެ ކުރިން، 2017 ވަނަ އަހަރުގައިކަން ފާހަގަކުރެއްވި އެވެ.

މެމްބަރު އިބްރާހީމް ރަޝީދުގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ފައިސާ ފޮތިތަކެއް ފެނުނު ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން އެ ޑިޕާޓްމަންޓްގެ ޓީމެއް ސަލްޓަން ޕާކަށް ގޮސް ބަލައި ކޮނެފައިވާ ވަޅުގަނޑުން ނަގާފައިވާ ފަސްފުނިން ފުރައިގެން އެ ދުވަހުގެ އިރު އޮއްސުމާ ހަމައަށް 96 ފައިސާ ފޮތި ހޯދިފައިވާ ކަމުގަ އެވެ. 

"އަދި އެ ފަސްފުނި ފުރާނައިގެން އިތުރު ފައިސާ ފޮތިތަކެއް ފެނިފާނެ ކަމަށް ބަލައި ޖެހިގެން އައި ދުވަހު އެ މަސައްކަތަށް ދިޔައިރު ފަސްފުނި އެއްކޮށް ގެއްލިފައިވާ ކަމަށް އެ މަސައްކަތުގައި އުޅުނު މުވައްޒަފުން މައުލޫމާތު ދީފައިވޭ،" މިނިސްޓަރު ލިޔުމުން ދެއްވި ޖަވާބުގައި ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ޔުމްނާ ވިދާޅުވީ ސަލްޓަން ޕާކް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން ޕާކްގެ ލިލީ މަގަށްވާ ފަޅިން ރިހި ފައިސާ ފޮތިތަކަކާއި މުށި ސީނު ތަށިތަކަކާއި ގުޅިއެއްގެ ބައިތަކެއް ފެނިގެން އެކަން އެމްއެންޑީއެފުން އޭރުގެ ޑިޕާޓްމަންޓް އޮފް ހެރިޓޭޖަށް އެންގީ 15 ޖޫން 2017 ގައި ކަމަށެވެ. އަދި އެ މައުލޫމާތު ސާފުކުރެއްވީ ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ކަމަށެވެ.  

މީގެ އިތުރުން އެ ޕާކުގެ މަސައްކަތުގެ ތެރެއިން ފެނިފައިވާ 43 ފައިސާ ފޮއްޗެއް އޮކްޓޫބަރު 18، 2017 ގައި އެމްއެންޑީއެފުން ހެރިޓޭޖް ޑިޕާޓްމަންޓާ ހަވާލުކޮށްފައިވާކަން ރެކޯޑްތަކުން ދައްކާ ކަމަށް ޔުމްނާ ވިދާޅުވި އެވެ. ޔުމްނާ އިތުރަށް ވިދާޅުވީ ޖުމްލަ 139 ފައިސާ ފޮތި ގައުމީ ދާރުލްއާސާރުގައި އެބަ އޮތް ކަމަށް ސަފާގީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށެވެ.

ފައިސާގެ އިތުރުން އެކި ސައިޒުގެ 713 ސީނު ތައްޓާއި ތެޅިފައިވާ ސީނު ތަށިތަކެއްގެ ބައިތަކާއި ގުޅިއެއްގެ ބައިތަކަކާއި ލޯ ތާހެއް ޖުލައި 19، 2017 ގައި ގައުމީ ދާރުލްއާސާރަށް ލިބިފައިވާ ކަމަށް ސަފާގީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފައިވާ ކަމަށް ޔުމްނާ ފާހަގަ ކުރެއްވި އެވެ.

އެތަކެތި ގައުމީ ދާރުލްއާސާރަށް ލިބުމާއެކު އާސާރީ ތަކެތީގެ ރަޖިސްޓްރީގައި ހިމަނާފައިވާ ކަމަށާއި، އާސާރީ ތަކެތި ބެހެއްޓުމަށް ހާއްސަކުރެވިފައިވާ ސްޓޯރޫމްގައި މިހާރު އެ ތަކެތި ބަހައްޓާފައި ވާކަމަށް ޔުމްނާ ވިދާޅުވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް