
އެ ބިލުގެ ރިޕޯޓަށް މިއަދު ވޯޓަށް އަހަން އެޖެންޑާކުރި ނަމަވެސް މިއަދުގެ ވޯޓުގެ ވަގުތުގައި ހާޒިރުވެ ތިއްބެވީ އެންމެ 30 މެންބަރުންނެވެ. އެހެންވެ، ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، އެ ވޯޓު މާދަމާ ނަގަން މަސައްކަތް ކުރައްވާނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ، ކޮމިޓީން ދިރާސާކުރި ގޮތުގެ ރިޕޯޓަށް ވޯޓަށް އަހަން މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގެ ރ. ގައި ބުނާ ގޮތުން 44 މެންބަރުންގެ ކޯރަމެއް ބޭނުންވާ ކަމަށެވެ.
ޖުމުލަ 18 ބާބު އަދި 248 މާއްދާ ހިމެނެ ކުންފުނީގެ ބިލަކީ ސަރުކާރުގެ ފަރާތުން ދުވާފަރު ދާއިރާގެ މެންބަރު އިސްމާއިލް އަހުމަދު ހުށަހެޅުއްވި ބިލެކެވެ.
މި ބިލުގައި ދިވެހިރާއްޖޭގައި ކުންފުނި އުފެއްދުމާއި ރަޖިސްޓަރީކުރުމާއި ހިންގުމާއި، އުވާލުމުގެ ހަމަތަކާއި، ކުންފުނިތަކާ ބެހޭ ގޮތުން ދިވެހިރާއްޖޭގައި އަމަލުކުރެވޭނެ އެނޫންވެސް އުސޫލުތަކާއި އިޖުރާއަތުތައް ބަޔާންކުރާ ބިލެކެވެ.
މީގެ އިތުރުން އިގުތިސާދީ ކުރިއެރުމަށް ހުރި ހުރަސްތައް ނައްތައިލުމާއި، އިގުތިސާދީ ބޭނުންތަކަށް އިންވެސްޓުކުރުމާއި ތަރައްގީވެފައިވާ މުޖުތަމައުތަކުގައި އަމަލުކުރާ އުސޫލުތަކާ އެއްގޮތަށް އަމަލިކޮށް ދެފުށް ފެންނާނެ ގޮތަށް ބަދަލުކުރާނެ އުސޫލު މި ބިލުގައި ބަޔާންކުރެ އެވެ.