ads
އެމްއާރުއެމް އުފެއްދި ރޭ ބޭއްވި ޖަލްސާގެ ތެރެއިން---ފޮޓޯ: އެމްއާރުއެމް
އެމްއާރްއެމްގެ ޓިކެޓުގައި ވާދަ ކުރުމުގެ ފުރުސަތު ހުޅުވާލައިފި
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ޓިކެޓުގައި އަންނަ ލޯކަލް ކައުންސިލް އިންތިހާބަަށް ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.
މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ޓިކެޓުގައި އަންނަ ލޯކަލް ކައުންސިލް އިންތިހާބަަށް ވާދަކުރުމުގެ ފުރުސަތު އެ ޕާޓީން ހުޅުވާލައިފިއެވެ.

މިކަން ހާމަކޮށް އެ ޕާޓީން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އަންނަ އަހަރު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެ ޕާޓީގެ ފަރާތުން ވާދަކުރުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އަދި އެ ޕާޓީގެ ޓިކެޓުގައި ވާދަ ކުރަން ބޭނުންވާ ފަރާތްތަކުން، ފުރިހަމަ ނަމާއި، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރާއި ވާދަކުރަން ބޭނުންވާ ކައުންސިލުގެ ނަމާއެކު އަންނަ މަހުގެ 25 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ފޮނުވުމަށް ވަނީ އެދިފައެވެ.

މި މައުލޫމާތު ފޮނުުވަން ޖެހެނީ 7563664 ނަންބަރު ފޯނަށް އެސްއެމްއެސް އަކުން ކަމަށް އެ ޕާޓީން ބުނެއެވެ.

އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން ވެސް މި ފޯނު ނަންބަރަށް ގުޅުމުން، މައުލޫމާތު ސާފުކުރެވޭނެ ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

އެ ޕާޓީ ކުރިއަރުވައި ތަރައްޤީކުރުމުގައި، ޕާޓީގެ ރައީސްއަށް ލަފާދެއްވާ މަޝްވަރާ އެރުވުމަށް ވަނީ ކޮމެޓީއެއްވެސް އެކުލަވާލާފައެވެ. އެގޮތުން ނަސްރީނާ އިބްރާހިމް ހިމަނުއްވައިގެން އެމް.އާރް.އެމް ގެ އިންތިޤާލީ ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް ގެ މަޝްވަރާ ކޮމިޓީ އެކުލަވާލަވާލެއްވީ މި މަހުގެ 14 ވަނަ ދުވަހުގައެވެ. އެމްއާރުއެމް ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރީ 20 ނޮވެންބަރ 2019 ވަނަ ދުވަހުގަ އެވެ.

އެމްއާރުއެމް އުފެއްދީ މި ނޮވެންބަރު މަހުގެ 08 ވަނަ ދުވަހުގެ ރެއެވެ. އިލެކްޝަންސް ކޮމިޝަން (އީސީ) އިން މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރިކަމުގެ ލިޔުން އެ ޕާޓީއާ ހަވާލުކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް