ads
ރައީސް މުއިއްޒުގެ ކެބިނެޓް
ބައެއް މިނިސްޓަރުން ސަރުކާރު ތަމުސީލު ކުރާ ޕީއެންސީއަށް
ރައީސް މުހައްމަދު މުއިއްޒުގެ ކެބިނެޓްގައި ހިމެނޭ ބައެއް މިނިސްޓަރުން ސަރުކާރު ތަމުސީލު ކުރާ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ސޮއިކުރައްވައިފި އެވެ.

މިފަހުން އެ ޕާޓީއަށް ގުޅި ވަޑައިގެންނެވި މިނިސްޓަރުންގެ ތެރޭގައި ޓުރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލްް އާއި ގައުމިއްޔަތު މިނިސްޓަރު އާދަމް ނަސީރާއި ފިނޭންސް މިނިސްޓަރު މުހައްމަދު ޝަފީގާއި ސްޕޯޓް މިނިސްޓަރު އަބްދުﷲ ރާފިއު ހިމެނި ވަޑައިގަންނަވަ އެވެ. ދެން ހިމެނެނީ ޒުވާނުންގެ މިނިސްޓަރު އިބްރާހިމް ވަހީދު އެވެ.

ކޮންގްރެސް ޕާޓީގެ އޮފިޝަލަކު "ސީއެންއެމް" އަށް މިއަދު ވިދާޅުވީ އިތުރު މިނިސްޓަރުން މި ހަފުތާގެ ތެރޭގައި ކޮންގްރެސްއާ ގުޅޭނެ އެވެ. 

"އެއްވެސް މިނިސްޓަރަކަށް ނޯންނާނެ ޕީއެންސީއަށް ސޮއިކުރުމަށް މަޖުބޫރުކަމެއް. ސަރުކާރު ތަމުސީލު ކުރާ ޕީއެންސީއަށް ކޮންމެ މީހަކު ވެސް ސޮއި ކުރާނީ އަމިއްލަ އިހުތިޔާރުގައި" އޮފިޝަލް ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ކެބިނެޓްގައި 22 މިނިސްޓަރުން ތިއްބަވާއިރު، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ލޯކަލް ގަވަރުމަންޓް މިނިސްޓަރު އާދަމް ޝަރީފް އުމަރަކީ ޕީއެންސީ އުފެއްދުމަށް އެންމެ ފުރަތަމަ ސޮއިކުރެއްވި ގޮތަށް އެ ޕާޓީގައި ތިއްބެވި ދެ ވަޒީރުންނެވެ.

ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި، ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމު މުހައްމަދަކީ ޕީއެންސީއާ އެކު ކޯލިޝަން ހަދައިގެން މަސައްކަތް ކުރާ ޕީޕީއެމްގެ ދެ ނައިބު ރައީސުން ކަމަށްވާތީ އެ ދެ ބޭފުޅުން ޕީޕީއެމް ވަކިވެވަޑައިގެން ޕީއެންސީއާއި ގުޅޭނެ ކަމަށް ނުބެލެވެ އެވެ.

ސަބަބަކީ ރައީސް މުއިއްޒުގެ ސަރުކާރާ ފާޅުގައި ދެކޮޅު ހައްދަވާ ޕީޕީއެމްގެ ރައީސް ކުރީގެ ރައީސް ޔާމީން ވެސް މިހާރު ވަނީ ޕީޕީއެމް ދޫކުރައްވާ އާ ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފައްޓަވައިފަ އެވެ. އެހެން ކަމުން ޕީޕީއެމް/ޕީއެންސީ އެކުގައި މަސައްކަތް ކުރެއްވުމުގައި ސިޔާސީ "ތުރާލެއް" އައުން ދުރެވެ. އެހެން ކަމުން ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ވެސް ދެ ޕާޓީން އެކުގައިމަސައްކަތް ކުރުން ގާތެވެ.

މިހާރު މަޖިލީހުގައި ސަރުކާރު ތަމްސީލް ކުރައްވާ ޕާޓީގެ މެންބަރުންގެ ގޮތުގައި ތިއްބަވަނީ ސިރާޖާ އެކު ތިން މެންބަރުންނެވެ. އެއީ: 

  • އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް (ރެޑްވޭވް ސަލީމް) - ޕީޕީއެމް ޕީޖީގެ ލީޑަރު

  • ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް - ޕީއެންސީ 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް