ads
ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު
ޖަލު އޮފިސަރުން ކުރަނީ ގައުމީ މަސައްކަތެއް
ޖަލު އޮފިސަރުން ކުރަމުން ގެންދަނީ ވަރަށް ވަރުގަދަ ގައުމީ މަސައްކަތެއް ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޖަލު އޮފިސަރުން ކުރަމުން ގެންދަނީ ވަރަށް ވަރުގަދަ ގައުމީ މަސައްކަތެއްކަމަށާއި ރެއާ ދުވާލު ވަރަށް އޯގަނައިޒްޑްކޮށް މަސައްކަތް ކުރަމުންދާއިރު، ބޮޑު ގުރުބާނީއެއް ވަމުންދާކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ހަސަން ޒަރީރު ވިދާޅުވީ، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ ހުޅުމާލޭ ޖަލުގެ 11 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޖަލުގައި ރޭ ދިދަ ނެގުމުގެ ރަސްމިއްޔާތުގައެވެ.

ހަސަން ޒަރީރް ވިދާޅުވީ، އޮފިސަރުން ކުރަމުން ގެންދަނީ ވަރަށް ވަރުގަދަ ގައުމީ މަސައްކަތެއްކަމަށާއި ރެއާ ދުވާލު ވަރަށް އޯގަނައިޒްޑްކޮށް މަސައްކަތް ކުރަމުންދާއިރު، ބޮޑު ގުރުބާނީއެއް ވަމުންދާކަމަށެވެ. އަދި އޯގަތެރިކަމާއެކު ގައިދީންނާއި ބަންދު މީހުންނާ މެދު އޮފިސަރުން އަމަލުކުރަމުންދާކަން ފާހަގަކުރެއްވުނު ކަމަށް ކޮމިޝަނަރ ވިދާޅުވަމުން ފާހަގަކުރެއްވީ އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ބަލަމުންދާ ހިނދެއްގައި، ހެދިފައިވާ މުއާހަދާތަކާ އެއްގޮތަށް މަސައްކަތްކުރުމަށް މޭ އައްޑަނައަކަށް ހަދައިގެން، ފުރާނަ އަތްމައްޗަށް ނަގައިގެން ގައުމީ ވާޖިބު އަދާކުރަމުންދާކަމަށެވެ.

ޖަލުތަކުގެ ހާލަތަށް އިޝާރާތްކޮށްލައްވަމުން ކޮމިޝަނަރު ފާހަގަކުރެއްވީ ޖަލުތަކުގެ ސްޓްރަކްޗަރ އަދުގެ ފެންވަރަށް ގެނެވުމުގެ މަސައްކަތް ވަރަށް ބޮޑަށް ދިގުދެމިގެން ގޮސްފައިވާ ކަމަށާއި އުމްރާނީ ވަސީލަތްތައް އެކަށީގެންވާ ވަރަށް ގާއިމުކުރެވިފައި ނުވާހިނދު، ގައިދީންނާއި ބަންދުމީހުން އެއްތަނުން އަނެއްތަނަށް އުފުލުމުގައި އެމްބިއުލާންސް ނެތި، އެހެން އެއްގަމު އަދި ކަނޑުގެ އުޅަނދުތައް އެކަށީގެންވާރަށް ނެތްކަމަށެވެ.

މި  ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރެވެ. ކޮމިޝަނަރގެ އިތުރުން މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އުސްތާޛް އިބްރާހިމް މުޙައްމަދު ދީދީ، ހުޅުމާލޭ ޖަލުގެ ޑައިރެކްޓަރ، ޑެޕިއުޓީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙްމަދު ޖާދުﷲ އާއި ކޮމިޝަންޑް އޮފިސަރުންނާއި ދައުވަތު އެރުވި މެހެމާނުންނާއި ހުޅުމާލޭ ޖަލުގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް