ads
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެމްޑީޕީގެ ކޮމިޓީއަކާ ބައްދަލުކުރައްވަނީ - ފޮޓޯ:އެމްޑީޕީ
އެމްޑީޕީ ވަރުގަދަކުރަން ރައީސް ސޯލިހު ކޮމިޓީތަކާ ބައްދަލުކުރައްވަނީ
އިދިކޮޅު ޕާޓީއެއް ގޮތުގައި އެމްޑީޕީ ވަރުގަދަކުރުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ޕާޓީގެ ކޮމިޓީތަކާ ބައްދަލު ކުރައްވައިފި އެވެ.

އެމްޑީޕީގެ އިންތިހާބާ ބެހޭ ކޮމިޓީ އާއި ޕާޓީގެ އިންތިޒާމްކުރުމާ ބެހޭ ކޮމިޓީ އަދި ޔޫތު ރިސޯސް ކޮމިޓީ މެންބަރުންނާ ރައީސް ސޯލިހު މިއަދު ވަނީ ބައްދަލުކުރައްވާފަ އެވެ. 

އެ ޕާޓީގެ ކެމްޕެއިން ކޮމިޓީ އާއި މީޑިއާ ކޮމިޓީގެ އިތުރުން ފިޔަވަޅު އަޅާ ކޮމިޓީގެ މެންބަރުންނާ މިދިޔަ ހޮނިހިރު ދުވަހު ރައީސް ސޯލިހު ވަނީ ބައްދަލުކުރައްވާފަ އެވެ.

އެމްޑީޕީން މިދިޔަ މަހު ވަނީ އއ. އުކުޅަހުގައި އެ ޕާޓީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމެއް ބާއްވާފަ އެވެ. މި ބައްދަލުވުން ބާއްވާފައި ވަނީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި އެ ޕާޓީ އިތުރަށް ހަރުދަނާކޮށް ވަރުގަދަ ކުރުމަށެވެ.

ރައީސް ސޯލިހު ޕާޓީގެ ކޮމިޓީތަކާ ބައްދަލުވުންތައް ބާއްވަވާފައިވާއިރު، އެމްޑީޕީން އަންނަނީ ކުރިއަށް ހުރި އިންތިހާބުތަކަށް ތައްޔާރުވަމުންނެވެ. މާލޭގެ މޭޔަރު ހޮވުމުގެ އިންތިހާބު އަންނަ މަހުގެ 13 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު، އަހަރުގެ ކުރީކޮޅު ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުވެސް އޮންނާނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް