ފާތޭ އެމަގާމަށް އައްޔަން ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްއަށް މަޖިލީހުގެ ގަވާއިދުން ލިބިދޭ އިހުތިޔާރުގެ ދަށުން މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް އެވެ.
ތިން ރައީސުންގެ އަރިހުގައި ރައީސްގެ ސެކްރެޓަރީއެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ފާތޭ އެންމެ ފަހުން މަސައްކަތް ކުރެއްވީ ކޮއްކޯފުޅު ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ އެމަނިކުފާނުގެ ސެކްރެޓަރީއެއްގެ ގޮތުގަ އެވެ.
ރައީސުންގެ އަރިހުގައި 37 އަހަރު ފާތޭ ހިދުމަތް ކުރެއްވިއެވެ.
ރައީސް އޮފީހުގައި އަދާ ކުރައްވަމުން ގެންދެވި ވަޒީފާއިން ފާތޭ އިސްތިއުފާ ދެއްވީ ނޮވެމްބަރު 17ވަނަ ދުވަހު ރައީސް ސޯލިހުގެ ދައުރު ނިމުމުންނެވެ.