ads
ނައިބު ރައީސް ޗައިނާއަށް ފުރައިވަޑައިގަތުން -- ފޮޓޯ: ރައީސް އޮފީސް
ނައިބު ރައީސް ޗައިނާއަށް ފުރާވަޑައިގެންފި
އިންޑިއާ ކަނޑުގެ މި ސަރަހައްދުގެ ތަރައްގީއާ ގުޅޭގޮތުން ޗައިނާގައި ބާއްވާ ފޯރަމެއްގައި ބައިވެރިވެވަޑައިގަތުމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މިރޭ ޗައިނާއަށް ފުރައިވަޑައިގެންފި އެވެ.

ނައިބު ރައީސްގެ މި ދަތުރުފުޅުގައި ސީއައިޑީސީއޭ އިން އިންތިޒާމުކޮށްގެން ބާއްވާ ފޯރަމްގައި ތަގުރީރު ކުރެއްވުމަށާއި، ޗައިނާގެ ބައެއް އޮފިޝަލުންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

މި ކޮންފަރެންސް އޮންނާނީ މި ހަފުތާގެ ބުރާސްފަތި ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ނިޔަލަށެވެ.

ނައިބު ރައީސްގެ އަރިހުގައި މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް މުހައްމަދު ސައީދުވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

‎މަގާމާ ހަވާލުވެވަޑައިގެންނެވި ފަހުން ނައިބު ރައީސް ގައުމުން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 11 އިން 12 އަށް ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސްއަށް 75 އަހަރު ފުރުމުގެ މުނާސަބަތުގައި ބާއްވާ މަތީ ފަންތީގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްފަހު އެވެ.

67%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް