ads
މި އަހަރުގެ ހިތާނީ ކޭންޕުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވައިލުން - ފޮޓޯ: ޓްރީ ޓޮޕް ހޮސްޕިޓަލް
ޓްރީ ޓޮޕް ހޮސްޕިޓަލްގެ ހިތާނީ ކޭމްޕްގައި ނަން ނޯޓުކުރުމަށް ހުޅުވާލައިފި
ޓްރީ ޓޮޕް ހޮސްޕިޓަލުން ބާއްވަމުން އަންނަ ހިތާނީ ކޭމްޕު ފެށުމަށް ނަން ނޯޓުކުރަން ހުޅުވާލައިފި އެވެ.

ޓްރީޓޮޕްގެ ހިތާނީ ކޭމްޕުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ އެންމެ ފަހު ދުވަހަކީ އަންނަ ޖެނުއަރީ 10 އެވެ. ހިތާނީ ޕެކޭޖްގެ ހިދުމަތަށް ދައްކަން ޖެހެނީ 5000ރ އެވެ. އަދި ކޮޓަރި އަޕްގްރޭޑް ކުރުމަށް ޕްރައިވެޓް ކޮޓަރިތަކަށް ހާއްސަ އަގުތަކެއް ހަމަޖެހިފައިވާ ކަމަށް ހޮސްޕިޓަލުން ބުންޏެވެ.

ޓްރީޓޮޕް ހޮސްޕިޓަލުން ބުނީ މި ކޭމްޕުގެ މައިގަނޑު މަގުސަދަކީ ހިދުމަތް ހޯދާ ފަރާތްތަކަށް އެންމެ ފުރަތަމަ ކޮންސަލްޓޭޝަން އިން ފެށިގެން ފޮލޯ-އަޕްއާ ހަމައަށް އެންމެ ފުރިހަމަކޮށް ފަސޭހަކަމާއެކު ހިދުމަތްތައް ފޯރުކޮށްދިނުން ކަމަށެވެ.

އެ ހޮސްޕިޓަލުން ބުނި ގޮތުގައި އެ ކޭމްޕުގައި ހަ ޑޮކްޓަރުން ހަރަކާތްތެރިވާނެއެވެ. އޭގެ ތެރޭގައި އޮޕަރޭޝަނަށް ހާއްސަ ފަސް ޑޮކްޓަރުން ހިމެނެއެވެ. އެއީ،

  • ޑރ. ހުސެއިން ހަދިޔެވް 
  • ޑރ. އުކަތަމް އަބްދުއްލާޔެވް
  • ޑރ. މައުމޫން އާސިމް
  • ޑރ. މުހައްމަދު ޝަރީފު
  • ޑރ. އަބްދުﷲ އުބައިދު 

މީގެ އިތުރުން، ކުުޑަކަމުދާ ނިޒާމުގެ ހާއްސަ ޑޮކްޓަރު މެހްމެތު އޮޑާ ހިމެނެއެވެ.

ހިތާނީ ކޭމްޕަށް 3351610 އަށް ގުޅައިގެން ނަން ނޯޓުކުރެވޭނެ އެވެ.


0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް