ads
މެމްބަރު މުގުނީ-
ކުރީ ސަރުކާރަށްކުރި ތުހުމަތުގެ އިންކުއަރީގެ ބަހުސް މާދަމާ
އެމްޑީޕީ ސަރުކާރަށް ކުރި ތުހުމަތުތަކަށް ޕަބްލިކް އިންކުއަރީއެއް ހެދުމަށް ގޮވާލާ މަޖިލީހަށް ހުށަހެޅި ގަރާރުގެ ބަހުސް މާދަމާ ފަށަން ތާވަލުކޮށްފިއެވެ.
Advertisement

އެމްޑީޕީ ސަރުކާރަށް ކުރި ތުހުމަތުތަކަށް ޕަބްލިކް އިންކުއަރީއެއް ހެދުމަށް ގޮވާލާ މަޖިލީހަށް ގަރާރެއް ހުށަހެޅުއްވީ ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލްމުޣްނީ އެވެ. މި ގަރާރުގެ ފުރަތަމަ ކިޔުން މިދިޔަ ހަފްތާގައި ވަނީ އިއްވާފައެވެ.

މުޣުނީގެ ގަރާރުގައި ބުނެފައިވަނީ، އެމްޑީޕީ ސަރުކާރުން ބޭރު ގައުމުތަކާއެކު ވެފައިވާ އެއްބަސްވުންތަކުގެ ސަބަބުން ގައުމީ ސަލާމަތަށް އަސަރު ކޮށްފައިވާ ކަމަށް ކުރާ ތުހުމަތުތަކުގެ ސަބަބުން ރައްޔިތުން އެކަމާމެދު ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ތެދު ހަގީގަތް ހާމަކުރުމަށް ގިނަ އަދަދެއްގެ ރައްޔިތުން ގޮވާލަމުންދާ ކަމަށެވެ. ގަރާރުގައި ބުނެފައިވަނީ މިކަމުގެ ތެދު ހަގީގަތް ހާމަކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ގަބޫލުކުރެވޭ ކަމަށެވެ.

"ނިމިދިޔަ ރިޔާސީ އިންތިހާބުގައި މި ޕާޓީއާއި ޕާޓީގެ ވެރިކަމާ މެދު ރައްޔިތުންގެ މެދުގައި ނަފްރަތު އުފެއްދުމަށް ރާވައިގެން ބަޔަކު ބުހުތާނު ދޮގުތައް ފަތުރަމުން ދިއުން އެއީ ފެންނާން އޮތް ހަގީގަތެއް،" އެ ގަރާރުގައި ބަޔާންކޮށްފައިވެ އެވެ.

އެމްޑީޕީ އަކީ 2005 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ހިންގަމުން އަންނަ އެންމެ ދުވަސްވީ އަދި އެންމެ ތަޖުރިބާކާރު ސިޔާސީ ޕާޓީ ކަމަށާއި ރޭވިގެން ހިންގަމުން އައި އަނިޔާވެރިކަން ނިމުމަކަށް ގެނެސް، އާ ގާނޫނު އަސާސީ އެކުލަވާލައި އަސާސީ ހައްގުތައް ދިވެހިރައްޔިތުންނަށް ހޯދައި ދީ ޒަމާނީ ޑިމޮކްރަސީއެއް ދިވެހިރާއްޖެއަށް ގެނައުމަށް ފެށި މަސައްކަތުގެ އާރުކާޓީއަކީ އެ ޕާޓީ ކަމަށް ވެސް އެ ގަރާރުގައި ބުނެފައިވެ އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރަށް އޭރު ބޮޑެތި ތުހުމަތުތަކެއްކޮށް އޭރު އިދިކޮޅުގައި އޮތް ޕީޕީއެމް-ޕީއެންސީ އިން ވަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ވަރުގަދަ ކެމްޕޭނެއް ވެސް ކޮށްފަ އެވެ. މަގުމަތީގައި ކޮންމެ ރެއަކުހެން އެއްވުންތައް ބާއްވާފައިވެ އެވެ. އެ ތުހުމަތުތަކަށް އޭރު ސަރުކާރުން މާ ބޮޑު ވާހަކަތަކެއް ދައްކާފައެއް ނުވެ އެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް