ގަލޮޅު ދަނޑުގެ ލައިޓްތައް ނިވިގެން ދެވަނަ ހާފުގެ ކުޅުން ފެށުން ބައިގަޑިއެއްހާއިރަށް ލަސްވިއެވެ.
މެޗުގެ ފުރަތަމަ ހާފު ނިމުނު އިރު މާޒިޔާ އޮތީ ތިން ލަނޑުން ކުރީގައެވެ.
ލައިޓް ނިވިގެން މެޗު ހުއްޓާލަން ޖެހުނީ 10:06 ހާއިރުއެވެ. އަލުން ދެވަނަ ހާފުގެ ކުޅުން ފެށުނީ ބައިގަޑިއެއްހާއިރު ފަހުންނެވެ.
ލައިޓްތައް ނިވިގެން ލީގުގެ މެޗު އިރުގަނޑަކަށް ހުއްޓުނު އިރު އިދާރީ ހިންގުން ބޮއްސުންލައި އެފްއޭއެމްގެ މުވައްޒަފުންނަށް މުސާރަ ނުދޭތީ ދަނޑަށް ދިޔުމާ އޮފީހަށް ދިޔުންވެސް ގިނަ މުވައްޒަފުން ހުއްޓާލާފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.