ޖުލައި މަހު މިއާމީއާ ގުޅުނު މެސީ ވަނީ ހުރިހާ މުބާރާތެއްގައި ކުޅުނު 14 މެޗުން 11 ގޯލު ޖަހައި، އެޓީމަށް ފުރަތަމަ ފަހަރަށް ތަށި ލީގްސް ކަޕް އުފުލުމަށް އެހީތެރިވެދީފަ އެވެ. އުމުރުން 36 އަހަރުގެ މެސީވަނީ އޮކްޓޯބަރު މަހު އަށް ވަނަ ފަހަރަށް ބެލޮންޑިއޯ އެވޯޑް ވެސް ހޯދާފަ އެވެ.
ޓައިމް މެގަޒިންގެ އަހަރުގެ ކުޅިވަރު ކުޅުންތެރިޔާގެ އެވޯޑަށް މެސީއާ ވާދަކުރީ ޖިމްނާސްޓް ސިމޯން ބައިލްސް އާއި ފެތުންތެރިޔާ މައިކަލް ފެލްޕްސް އަދި އެންބީއޭގެ ސުޕަސްޓާ ލެބްރޯން ޖޭމްސްއެވެ.
ޓައިމް އަކީ ނިއުޔޯކް ސިޓީގައި ހުންނަ އެމެރިކާގެ ނިއުސް މެގަޒިންއެކެވެ. ގާތްގަނޑަކަށް ގަރުނެއްހާ ދުވަހު ހަފްތާއަކު އެއްފަހަރު ޝާއިއު ކުރި ނަމަވެސް 2020 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ކޮންމެ ދެ ހަފްތާއަކުން އެއް ހަފްތާއަކަށް ބަދަލުވި އެވެ.