ads
ބަނގުރަލުގެ ގިނަ ބާވަތް ތަކެއް - ފޮޓޯ: މޯލްޑިވްސް ޕޮލިސް ސާވިސް
ފުލުހުން ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި
އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ތަކެތީގެ ތެރެއިން، ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުން ބުނި ގޮތުގައި، ބަނގުރާ ނައްތާލާފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަަމަލުކުރާނެ ގޮތުގެ ގަވައިދުގެ ދަށުން، އެކަމަށްޓަކައި އެކުލަވާލާފައިވާ ކޮމިޓީގެ ބެލުމުގެ ދަށުން ކަމުގަ އެވެ.

އެގޮތުން، ބްރޭންޑެޑް ފުޅީގެ 298 ފުޅި، 200 ޕެޓް ފުޅިއާއި 936 ބިޔަރު ދަޅުގެ އިތުރުން އެހެނިހެން ތަކެތީގެ ގޮތުގައި 12 އައިޓަމް މި މަހުގެ ހަތަރު ވަނަ ދުވަހު ދޫނިދޫގައި ވަނީ ނައްތާލާފަ އެވެ.

މީގެއިތުރުން ކޮތަޅު، ނޫސް ކަރުދާސް، ކަރުދާސް ފޮށިގަނޑު އަދި ދަބަސް ފަދަ ތަކެތި ވެސް ފުލުހުން ވަނީ ނައްތާލާފަ އެވެ.

ފުލުހުން ބުނީ ނައްތާލާފައިވަނީ ދިވެހި ފުލުހަށް ހުށަހަޅާފައިވާ ބަނގުރަލުގެ މައްސަލަތަކުގެ ތެރެއިން ފައިލުކުރުމަށް ނިންމާފައިވާ މައްސަލަތަކުގައި ހިމެނޭ ބަނގުރަލާއި، ޑްރަގް އެންފޯސްމަންޓާއި ޓޫރިސްޓު ޕޮލިހުގެ އިތުރުން ހުޅުމާލެ ޕޮލިސް ސްޓޭޝަނުގެ ބެލުމުގެ ދަށަށް ތުހުމަތުކުރެވޭ ފަރާތެއް ނެތްގޮތަށް ގެނެވިފައިވާ އިންސިޑެންޓުތަކުގައި ހިމެނޭ ބަނގުރާ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް