ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ބިމާ ބެހޭ ގާނޫނަށް މި އިސްލާހު ހުށަހަޅުއްވާފައި ވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.
ރާއްޖޭގެ ބިމާބެހޭ ގާނޫނުގައި އަމިއްލަ ބިމާއި ގޯތި ވިއްކުމުގެ މާއްދާއަށް މެމްބަރު ޖާބިރު ހުށަހެޅުއްވި އިސްލާހުގައި ބުނީ ބިން ވިއްކުމުގެ އަގުދެއް ކުރެވޭއިރު، އެ ބިމުގެ ދަފްތަރުގައި ރަޖިސްޓްރީ ކުރެވިފައިވާ އެ ބިމުގެ މައްޗަށް ގާއިމުކޮށްފައިވާ ރަހުނެއްވާ ނަމަ، އެ ބިމެއް ވިއްކޭނީ ރަހުނުގެ މައްސަލަ ނިންމުމަށް ފަހުގައި ކަމަށެވެ.
ބިން ވިއްކުމުގެ އަގުދު ކުރެވޭއިރު ބިން ވިއްކާ ފަރާތުގެ މައްޗަށް ސާބިތުވެފައިވާ ދަރަންޏެއް ނެތް ނަމަ، އެ ބިމުގެ މިލްކުވެރިކަން ގަންނަ ފަރާތަށް ބަދަލުކޮށް ދިނުމުގެ ހުރިހާ އިޖުރާއަތުތައް ކަމާ ބެހޭ ފަރާތްތަކުން ފުރިހަމަކުރަންވާނެ ކަމަށް މެމްބަރު ޖާބިރު ހުށަހެޅުއްވި އިސްލާހުގައިވެ އެވެ.