މިއަދު ބޭއްވުނު ޖެންޑާ ޑާޓާ ޔޫސް އިން ޕޮލިސީ މޭކިން ވެލިޑޭޝަން އެންޑް އެޑްވޮކަސީ ވޯކްޝޮޕްގައި ވާހަކަ ދައްކަވަމުން އެކަމަނާ ވިދާޅުވީ ހަގީގަތުގައި ރާއްޖޭގެ ސިޔާސަތުތައް ބައްޓަން ކުރެވިފައި ވަނީ ޑާޓާއަށް ބަަލައިގެން ނޫން ކަމަށާއި ސިޔާސަތުތައް ބައްޓަން ކޮށްފައި ވަނީ ޖެހިފައިވާ ބޭނުންތަކަށް ބަލައިގެން ކަމަށެވެ. އެހެންނަމަވެސް ފައިދާ ހުރި ގޮތަކަށް ސިޔާސަތުތައް ބައްޓަން ކުރުމަށް ޑާޓާގެ މައްޗަށް ބިނާކޮށް ސިޔާސަތުތައް ފަރުމާ ކުރުމަކީ ކޮންމެހެން ކުރުން މުހިންމު ކަމެއް ކަމަށް އެކަމަނާ ވިދާޅުވި އެވެ.
މެޑަމް ސާޖިދާ ވިދާޅުވީ މީގެ ކުރިންވެސް ގައުމުގެ ތަރައްގީއަށް ޑާޓާ އެއްކުރުމަށް އެކި ސާވޭތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް މިއީ މިފަދަ ހޯދުންތަކާއި ލަފާތައް ހިއްސާކުރާ ފުރަތަމަ ފަހަރު ކަމަށާއި މި ތަފާތު ހޯދުންތަކުގެ ސައްހަކަމާއި މީގެ ކާމިޔާބީ ކަށަވަރު ކުރުމަށް ރާއްޖޭގެ ސްޓޭކް ހޯލްޑަރުންނާއި ސިވިލް ސާވިސްގެ އިތުރުން ގައުމުގެ ތަރައްގީގެ ބައިވެރިން ގުޅިގެން މަސައްކަތް ކޮށްފައިވާ ކަމަށެވެ.
މި ވޯކްޝޮޕަކީ މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާއި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ އަދި ޕެރިސް 21 ގުޅިގެން ހިންގާ ދެ ދުވަހުގެ ވޯކްޝޮޕެކެވެ. މި ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ ނިންމުންތައް ނިންމުމުގައި ޖެންޑާ ޑާޓާ ބޭނުން ކުރެވޭ މިންވަރު ދެނެގަތުމަށް ކުރެވުނު ދިރާސާގެ ހޯދުންތަކުގެ ސައްހަކަން ޔަގީން ކުރުމެވެ.