ads
މާވެޔޮ މިސްކިތް ކައިރީގައި ބަހައްޓާފައި ހުރި ސަބްސްޓޭޝަން ނެގުމަށް ބަހައްޓަން ޖެހޭ ފުރަތަމަ ޓްރާންސްފޯމަރު ބަހައްޓަނީ - ފޮޓޯ:ސްޓެލްކޯ
ސަބްސްޓޭޝަން ނެގުމަށް ބަހައްޓަން ޖެހޭ ފުރަތަމަ ޓްރާންސްފޯމަރު ބަހައްޓައިފި
މާވެޔޮ މިސްކިތް ކައިރީ މަގުމައްޗަށް ވާގޮތަށް ބަހައްޓާފައި ހުރި ސަބްސްޓޭޝަން ނެގުމަށް ބަހައްޓަން ޖެހޭ ފުރަތަމަ ޓްރާންސްފޯމަރު ބަހައްޓައިފި އެވެ.

ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު (އޭޑީ) "ސީއެންއެމް" އަށް ވިދާޅުވީ ރޭގައި ބެހެއްޓިފައިވާ ޓްރާންސްފޯމަރަކީ މިހާރު އެތަނުގައި ހުރި ސަބްސްޓޭޝަނުގެ ބަދަލުގައި ބެހެއްޓިފައިވާ އެއްޗެއް ކަމަށެވެ. މީގެ އިތުރުން އަދި އެއް ޓްރާންސްފޯމަރު ބައިންދަން ޖެހޭ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ. 

އަހުމަދު މުހައްމަދު ވިދާޅުވެފައި ވަނީ ޓާގެޓަކީ މި އަހަރު ނިމުމުގެ ކުރިން މާވެޔޮމަގުގައި ބެހެއްޓިފައިވާ ޓްރާންސްފޯމަރުތަކުގެ އިތުރުން ސަބްސްޓޭޝަންވެސް އެތަނުން ނަގައި މާވެޔޮމަގު އެއްކޮށް ހުޅުވާލުން ކަމަށެވެ. 

"ބެހެއްޓި ޓްރާންސްފޯމަރަކީ މިހާރު ހުރި ސަބްސްޓޭޝަނުގެ ބަދަލުގައި ބޭނުން ކުރަން ބެހެއްޓި އެއްޗެއް. އަދި އެއް ޓްރާންސްފޯމަރު ބައިންދަން ޖެހޭނެ. މިހާރު ސަބްސްޓޭޝަނުގައި އިން ޓްރާންސްފޯމަރުގެ ކޭބަލަށް މިހާރު އަލަށް ބޭންދި ޓްރާންސްފޯމަރު ގުޅާފައި، އެ ނެއްޓި ޓްރާންސްފޯމަރުން އަނެއްކާވެސް ގެންގޮސް އެތަނުގައި ބައިންދައިގެން ދެވަނަ އެތި ނެގޭނީ. މިހާރު ދެ ޓްރާންސްފޯމަރު އިންނާނެ މާވެޔޮ މަގުގައި. ޓާކެޓަކީ މި މަސް ނިމުމުގެ ކުރިން އެ ސަބްސްޓޭޝަންތަކާއި ޓްރާންސްފޯމަރުތައް އެތަނުން ނެގުން،" - ސްޓެލްކޯގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު

ސްޓެލްކޯއިން ބުނި ގޮތުގައި މާވެޔޮ މިސްކިތް ސަރަހައްދުގައި ހުރި ސަބްސްޓޭޝަން އެ ތަނުގައި ބަހައްޓާފައި ހުންނަތާ ހަ އަހަރެއްހާ ދުވަސް ވެފައިވާ ކަމުގަ އެވެ. 

ސްޓެލްކޯއިން ބުނީ މެނޭޖިން ޑިރެކްޓަރުގެ މަގާމާ ރަސްމީކޮށް ހަވާލުވެވަޑައިގެންނެވިތާ ގަޑިއެއްހާއިރުގެ ތެރޭގައި މިދިޔަ އަންގާރަ ދުވަހު ހުސައިން ފަހުމީ ވަނީ މާވެޔޮ މިސްކިތް ކައިރީގައި މަގުމައްޗަށް ވާގޮތަށް ބަހައްޓާފައިވާ އެ ކުންފުނީގެ ސަބްސްޓޭޝަން ހުންނަ ސަރަހައްދަށް ވަޑައިގެން އެތަން ބައްލަވާލައްވާފައި ކަމަށެވެ.

އެ ސަބްސްޓޭޝަނަކީ އެ ސަރަހައްދާއި އެމަގު ބޭނުން ކުރާ ރައްޔިތުންނަށް ތަކުލީފަކަށްވެފައިވާ ސަބްސްޓޭޝަނެއް ކަމަށާއި އެ ސަރަހައްދަށް ވަޑައިގެން ފަހުމީ ވަނީ އެ ސަބްސްޓޭޝަނާ ހެދިވަމުންދާ އުނދަގޫތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދިވަޑައިގެންފައި ކަމަށް ސްޓެލްކޯއިން ބުނެ އެވެ. އެ ކުންފުނިން ބުނެފައި ވަނީ އެ ސަބްސްޓޭޝަން ނެގުމުގެ އަމަލީ މަސައްކަތް ފައްޓަވައި، މި އަހަރު ނިމުމުގެ ކުރިން މަގުމަތިން އެ ސަބްސްޓޭޝަން ނަގާނެ ކަމަށް ފަހުމީ ވިދާޅުވެފައިވާ ކަމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް